ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ގައުމީ މުބާރާތުގެ ޗެމްޕިއަން ހާސިލްކުރުމަކީ އަމާޒް: ހުރާ ކައުންސިލް

ކ. ހުރާގެ އަމާޒަކީ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށާއި، މިއަހަރުގެ މުބާރާތުގައި ސެމީ ފައިނަލްގައި ބަލިވި ނަމަވެސް، އެ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރުން ހުއްޓާނުލާނެ ކަމަށް ހުރާ ކައުންސިލުން ހާމަކޮށްފިއެވެ.

ހުރާ ކައުންސިލް މެންބަރު ހަސަން ފިރާޝް ވިދާޅުވީ، މިއަހަރުގެ މުބާރާތުން ބަލިވި ނަމަވެސް، ކުރިއަށް އޮތްތަނުގައި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެ މަގުސަދު ހާސިލުކުރުމަށްޓަކައި، ވޮލީބޯޅައަށް ޚާއްސަ ޕްރޮގްރާމެއް ހުރާގައި ހިންގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމީ މުބާރާތުގައި މާލޭ ޓީމުތަކާއެކު ވާދަކުރި އަތޮޅުތެރޭގެ ހަމައެކަނި ޓީމަކީ ހުރާ ކޮމިއުނިޓީ ކުލަބެވެ. ހުރާ ޓީމުގައި ސްކޫލް ކުދިންވެސް ހިމެނޭހެން، ޅަ އުމުރުފުރައިގެ ކުޅުންތެރިން ހިމެނިފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ، އެފަދަ ޅަ ކުޅުންތެރިންނަށް ގައުމީ މުބާރާތުގެ ތަޖުރިބާ ހޯދައިދިނުމާއި، އެހެން ޓީމުތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ދިނުމެވެ.

ކުޅުންތެރިން ކޯޓަށް ނިކުތުމުގައި ދައްކާފައިވަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. މިކަމުގެ ފަހަތުގައި ވަނީ ހުރާގެ ސަޕޯޓަރުންނެވެ. ކުޑަކުދިންނާއެކު ވަޑައިގެންނެވި ބެލެނިވެރިންނާއި ރަށުގެ އެކި އުމުރުފުރައިގެ ރައްޔިތުންނެވެ. ފިރާޝް ވިދާޅުވީ، ހުރާ ޓީމު ކުޅޭ ކޮންމެ މެޗަކަށް ކައުންސިލުން ބޮޑު ހޭދައެއްކޮށްގެން ލޯންޗުތައް ހިފައިގެން ރައްޔިތުން ގެންނަ ކަމަށެވެ.

އެގޮތުން ލޯންޗެއްގެ އަގަކީ ގާތްގަނޑަކަށް 6000 ރުފިޔާ ކަމަށާއި، 25 މިނިޓްގެ ދަތުރެއްކޮށްފައި މާލެ އައިސް މެޗު ނިމުމުން އެނބުރި ރަށަށްދަނީ ސަޕޯޓަރުންގެ ހިތްވަރާއި ފޯރިގައެވެ. ބަލިވިޔަސް ހިތްވަރު ގެއްލުމެއްނެތި، ޖެހިގެން އަންނަ މެޗަށް ނިކުންނަނީ އިތުރު ހިތްވަރަކާއެކުގައެވެ. ބަލިވަމުންދާއިރުވެސް ހިތްވަރު ދެމެހެއްޓުމަށާއި، ކާމިޔާބީގެ ރޫހު ދިރުވައިދޭ ބަޔަކީ ސަޕޯޓަރުން ކަމަށް ކުޅުންތެރިންވެސް ފާހަގަކުރެއެވެ.

ފިރާޝް ވިދާޅުވީ، ވޮލީބޯޅައަށް ޚާއްސަ ޕްރޮގްރާމެއް ގްރާސްރޫޓް ފެންވަރުން ފެށިގެން އެރަށުގައި ހިންގަމުން އަންނަ ކަމަށާއި، ވޮލީބޯޅައިގެ އުކުޅުތައް ކިޔައިދެނީ ރާއްޖޭގެ ވޮލީބޯޅައިގެ ފުންނާބު އުސް އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީމް (ނަދީމްބެ) ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒުގައި ވޮލީބޯޅައިގެ ގައުމީ މުބާރާތް ކުރިޔަށްދިޔައިރު އެ ހޯލުން ތުއްތު ކުދިން ފެނުނު ސަބަބަކީ އެއީ ކަމަށާއި، ހުރާގައި ވޮލީބޯޅައިގެ ފޯރި ވަރަށް ގަދަ ކަމަށެވެ. އަދި އެހާ ތުއްތު ކުދިން ގައުމީ މުބާރާތް ބަލަން މާލެ އައުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

އުއްމީދަކީ މުސްތަގުބަލުގައި ވަރުގަދަ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމެއް ހުރާއިން އުފެއްދުން ކަމަށާއި، ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ވާދަކުރުން ކަމަށް ފިރާޝް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ހުއްޓާލާނީ ހުރާގައި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހުގައި ކަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލާއި ހަމައަށް ހުރާ ޓީމު ގެންދިއުމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑެވެ. ހުރާ ސެމީ ފައިނަލްގައި ބަލިވީ ޕޮލިސް ކުލަބު އަތުން ތިން ސެޓު ދެ ސެޓުންނެވެ. ފައިނަލްގައި ޕޮލިސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދީ ކުލަބު ުލަބު ވެމްކޯއެވެ.

ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، ކައުންސިލުން މަސައްކަތްކުރަނީ ހުރާގައި ކުރީގައި އޮތް ކުޅިވަރުގެ ފޯރި އަލުން އާލާކުރުމަށް ކަމަށެވެ. ހުރާ ކައުންސިލުގެ ރައީސް ވިދާޅުވީ، ހުރައަކީ ވަރަށް ކުޅިވަރަށް ލޯބިކުރާ ރަށެއް ކަމަށާއި، ކައުންސިލުން މަސައްކަތްކުރަނީ ކުރިއެކޭ އެއްގޮތަށް ރަށަށް އިހުއޮތް ފޯރި އަލުން ގެނައުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައިއެޅުވި ދަރަނި އަދާކުރުމަށް ހަތް ބިލިއަނެއްހައި ރުފިޔާ ހަރަދުވެއްޖެ

MMA

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި ފައިސާ ސާޅީސް ހަޕަސަންޓް އިތުރުވެއްޖެ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތައް ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ: ސާޖިދާ

ELL Mobile Advertisement TTH_advertisement