ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް، ޕާކިސްތާނުން އިންޑިއާއަށް: ޕާކިސްތާނުގެ މެސެޖެއް އޮވެދާނެ

ޕާކިސްތާނާއި އިންޑިއާގެ މަސްރަހް ހޫނުވެފައި ވަނިކޮށް، އީރާނުގެ ފޮރިން މިނިސްޓަރ ސައިދު އައްބާސް އަރަގްޗީ އިންޑިއާއަށް ވަޑައިގެންފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އިންޑިއާއަށް މި ވަޑައިގެންނެވީ ޕާކިސްތާނަށް ވަޑައިގަތުމަށް ފަހުގައެވެ.

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ސައިދު އައްބާސް އަރަގްޗީވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އަދި ސިފައިންގެ ވެރިޔާއާވެސް ބައްދަލު ކުރައްވާފައެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، ސައިދު އައްބާސް އަރަގްޗީ މިއަދު އިންޑިއާގެ ފޮރިން މިނިސްޓަރ އެސް ޖައިޝަންކަރުއާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބައްދަލު ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ބައެއް މީޑިއާ ވަސީލަތްތަކުން ބުނަނީ، އީރާނުން މަސައްކަތް ކުރަމުން ގެންދަނީ ޕާޚިސްތާން – އިންޑިއާ މައްސަލަ ހައްލު ކުރުމަށް މެދުވެރިޔަކަށް ވުމަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން ޕާކިސްތާން އަދި އިންޑިއާ ސަރުކާރުންވެސް ރަސްމީގޮތުން އެއްޗެއް ނުބުނެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް ވިދާޅުވެފައިވަނީ، އޭނާގެ މި ދަތުރުފުޅަކީ މާކުރިން ރޭވިފައި އޮތް ދަތުރެއް ކަމަށާއި، މިއީ ޖޮއިންޓް އިކޮނޮމިކް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އިންޑިއާއާއި އީރާން ގުޅިގެން މިހާރުވެސް ބިޔަ އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

އީރާނަކީ، ޕާކިސްތާނާއި އަދި އިންޑިއާއާ އެކުވެސް ގާތް ގުޅުންތަކެއް އޮންނަ ގައުމެކެވެ.

އީރާނުގެ ފޮރިން މިނިސްޓަރ ސައިދު އައްބާސް އަރަގްޗީ އިންޑިއާއަށް މި ވަޑައިގެންނެވީ ފުރަތަމަ ޕާކިސްތާނަށް ވަޑައިގެން އެކަމުގެ ވެރިންނާ ބައްދަލު ކުރައްވާފައިކަމުން، އީރާނުގެ ފޮރިން މިނިސްޓަރ އިންޑިއާއަށް ވަޑައިގެންނެވީ ޕާކިސްތާނު ވެރިންގެ މެސެޖެއް ހިފައިގެން ކަމަށް ބެލެވޭ ކަމަށްވެސް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަހޫދީންނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓް ލިބިގެން އިންޑިއާގެ ބައެއް ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު އަޅައިފި

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފި

ދިއްލީގައި ބާރުގަދަ އެއްޗެއް ގޮއްވައި ބަޔަކު މަރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

TTH_advertisement