ކުއްލި ޚަބަރު

ހެންވޭރު ގެއެއްގެ ފާހަނާ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފުލުހުންގެ ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވި މީހާ ނިޔާވެއްޖެ

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު

އާ ރަށަށް ގިނައިން ދަނީ ކުޅިވަރު ކުޅެން: ރައީސް

Dsc 4125

ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ގިނައިން ވަޑައިގަންނަވަނީ ކުޅިވަރު ކުޅެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުޓްބޯޅަ ކުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އޮތުމުން ހަފްތާއަކު ތިން ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަމަށެވެ.

އަދި މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅެން ވަޑައިނުގަންވަނީ ސެކިއުރިޓީއާ ޓްރެފިކާއި އެހެން ކަންކަމަށް ބަލާއިރު އާރަށަށް ވަޑައިގަތުން ރަނގަޅު ކަމަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން އާރަށަށް ވަޑައިގެންނެވީ 116 ފަހަރު ކަމަށާއި އޭގެތެރެއިން 85 ފަހަރު ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާއިލާއާއެކު 31 ފަހަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު އާރަށަށް ވަޑައިގަންނަވާތީ ރަސްމީ ލޯންޗުކޮޅުގެ އިތުރުން ސެކިއުރިޓީ ދެ ލޯންޗުކޮޅު ދަތުރުކުރާ ކަމަށާއި ލޯންޗުގެ ތެލުގެ ހަރަދަށް 8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ކުރީގެ ސީޕީ ޝުޖާޢު ރިޓަޔަރކުރައްވައިފި

Large 174245095223f9ay

ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ގުރައިދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުވިމަކާއިއެކު ކުރިއަށް

400740 53957b19 c

ވާނުވާ ބަންދުގައި ތިބި މީހުން މޮނީޓާކުރެވޭނެ ގޮތަށް ދޫކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިއްޖެ

Mulhiraajje
TTH_Advertisement ELL Mobile Advertisement