ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

މެނިފެސްޓޯގެ ބޮޑެތި ލަނޑުދަނޑިތަކެއް ޙާސިލުކުރެވިއްޖެ: ޝިޔާމް

މަސްވެެރި ސިނާއަތުގެ މަސައްކަތްތެރިންގެ ޙައްޤުތަށް ކަށަވަރުކުރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިއްމު ލަނޑުދަނޑިތަކެއް މިހާތަނަށް ޙާސިލްކޮށްފަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ބައްދަލުކުރިއިރު އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލުހޯދުމުގައި ސަރުކާރުން ބޮޑެތި ކުރިއެެރުންތަކެއް ހޯދާފައިވާކަމަށެވެ.

އެގޮތުން މަސްވެރިންނަށް ވޭތުވެދިޔަ ސަރުކާރުން ނުދީ ހުރި 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ދައްކާ ޚަލާސްކޮށް، މަސްވެރިން ބާނާމަހަށް 48 ގަަޑި އިރުތެރޭ ފައިސާދޭން ފައްޓާ އަދި ފުރަތަމަ ފަހަރަށް މަސްވެެރިންނަކީ ދަޢުލަތް ދަންނަ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ބަލައިގަންނަ ބަޔަކަށް ހައްދަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްވެރިންގެ ދަފްތަރާއެކު އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކެކޭ އެއްގޮތަށް ބޭންކްގެ ފެސިލިޓީތަކުން މާލީ އެހީ ހޯދުމުގެ ފުރުޞަތު މަސްވެރިންނަށްވެސް މިހާރު ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިން މަސް ކިރުވާ، ފައިދާ ލިބުން ލަސްވާ މައްސަލައަކީ މަސްވެރިންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކާއެކު، މަސްވެރިން މަސްކިރުވާތާ 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

ބެންކު މެދުވެރިކޮށް އަމިއްލަ ނަމުގައި ލޯނު ނެގުމުގެ ފުރުޞަތުވެސް މިހާރު މިވަނީ މަސްވެރިންނަށް ފަހިކޮށްދެއްވާފައެވެ. އަދި ލޯނަށް އެދުމުގެ ފުރުޞަތުވެސް ބީއެމްއެލްއިން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފެސިލިޓީގެ ދަށުން 300،000 ރުފިޔާއާއި ހަމައަށް ޕަރސަނަލް ފައިނޭނެސްސިން ނެގޭނެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ ޤައުމު ބިނާކުރުމުގައި މަސައްކަތްތެރިންގެ ފުރިހަމަ ދައުރު ފެނިގެންދާނީ އެފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދެވިގެންކަމަށެވެ.

ވަޒީރު ޝިޔާމް ވަނީ، ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
ޑރ މުއިއްޒު ގެ މެނިފެސްޓޯ ގެ ހުރިހާ ވައުދެއް ފުދިއްޖެ ނިމިއްޖެ ނިމިއްޖެ ނިމިއްޖެ ނިމިއްޖެ

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

TTH_advertisement ELL Mobile Advertisement