ކުއްލި ޚަބަރު

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

ޕަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅާތީ ރާއްޖެއިން އައިސީޖޭގައި ބަޔާން ދީފި

B 202505010542031746103323.3794
އައިސީޖޭގައި ރާއްޖޭގެ ފަރާތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބަޔާން ދެއްވަނީ — ފޮޓޯ: އޭޖީ އޮފީސް

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިއަށްދާ ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކުގެ އިސްތިޝާރީ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ ބަޔާން ދީފިއެވެ.

އެ މައްސަލައަކީ، އދ.އާއި، އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ، ޔޫއެންއާރްޑަބްލިޔުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ، އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލައިގައި އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބަޔާން ދެއްވަމުން ވިދާޅުވީ ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރަމުންދާ ގައުމެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުން އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ބިންތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބަޔާނުގައި އުޝާމް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ޔޫއެންއާރްޑަބްލިޔުއޭ ރޫޅާލުމަށްޓަކައި އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ އިތުރުން ބައިނަލްއަގުވާމީ ވަކީލުންޓުގެ ޓީމަކުންވެސް ވަނީ މި މައްސަލައިގައި ރާއްޖެ ތަމްސީލުކޮށް ބަޔާން ހުށަހަޅައިފައެވެ. އެ ބަޔާނުގައި ވަނީ އިޒްރޭލާއި ޔޫއެންއާރްޑަބްލިޔުއޭއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސްއިން އިސްރާއީލު ނުކުތުމުގެ ގާނޫނީ ނަތީޖާތަކަށް އަލިއަޅުވާލައިފައެވެ.

އިޒްރޭލަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކުން ރެކުމަށްޓަކައި ގައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ޔޫއެންއާރްޑަބްލިޔުއޭ އެއްބަސްވުމުން ނުކުތީ ބައިނަލްއަގުވާމީ ގާނޫނާހިލާފަށް ކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމީ މާލެއިން ނުކުންނާނެ ބަޔަކު ނުވެގެން: ޝުޖާއު

އައިއެސްއޭ އެކެޑަމީ އަތުން ދިވެހި ޒުވާން ގައުމީ ޓީމަށް ފަސޭހަ މޮޅެއް

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފޮރެންސިކް ޑައިވިންގ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި

TTH_advertisement ELL Mobile Advertisement