ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަރަބިއަން ޓްރެވެލް މާކެޓް ހީކުރި ވަރަށް ވުރެ ކާމިޔާބު: ތޯރިގު

އތ 945x630

އަރޭބިއަން ޓްރެވެލް މާކެޓު (އޭޓީއެމް) ގައި ރާއްޖެއަށް އުއްމީދު ކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި އެޕްރީލް 28 އިން މޭ 1 އަށް ކުރިއަށްދާ މި ފެއަރގައި ރާއްޖެއިން 110 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، 235 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެއަރތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ފެއަރ ކަމަށްވާއިރު، މިއަހަރު އެމްއެމްޕީއާރްސީގެ ފްލެގްޝިޕް ޓްރެވެލް ފެއަރވެސް މެއެވެ.

ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވި ގޮތުގައި، “ރާއްޖޭގެ މި ސްޓޭންޑަށް އަންނަ ފަރާތްތައް ވަރަށް އިތުރުވެގެން ދިޔަ. ރިސޯޓުތަކަށް އެބޭފުޅުން ބޭނުންފުޅުވި ވަރަށް ވުރެ ގިނައިން އެޕޮއިންޓްމެންޓް ލިބުނު.” އަދި އެމްއެމްޕީއާރްސީން އޭޓީއެމްގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑަކީ ވަރަށް ކާމިޔާބު ސްޓޭންޑެއްކަމަށް ވިދާޅުވިއެވެ.

ފެއަރގެ ތެރެއިން ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއި އެއަރލައިންތަކާއެކު ބައްދަލުވުންތައް ބޭއްވި، ބައެއް ފަހުމުނާމާތައްވެސް ވަނީ އެކުލަވާލެވި ސޮއިކުރެވިފައެވެ. މި މަސައްކަތްތަކަކީ ޖީސީސީ ނުވަތަ މެދުއިރުމަތީގެ ޤައުމުތަކުން އިތުރު ފަތުރުވެރިން ގެނައުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު، އޭޓީއެމްގައި ލިބުނު ތަރުހީބާއެކު ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު

Image 20

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ތޯރިގު ޔޫއޭއީއާ މަޝްވަރާކުރައްވައިފި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

TTH_advertisement