ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

“ހިޔާވަހި” ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

Big ldff99lhvtbqchsso8amfmqij
ހިޔާވަހި ފައިނޭންޝަލް ސްކީމު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވަނީ — ފޮޓޯ: ރައީސް އޮފީސް

ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ “ހިޔާވަހި” ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ “ހިޔާވަހި” ފައިނޭންސިން ސްކީމަށް ކުރިމަތިލުމަށް ކުރިން ހުޅުވާލާފައިވަނީ މިއަދުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ އެ ސްކީމަށް ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭ ކަމަށާއި އެއީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ.

އެހެންވެ ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާތީ، އެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ހިޔާވަހި ސްކީމު ދޫކުރަން ހަމަޖެހިފައިވަނީ ފަސް ޕަސަންޓުގެ އިންޓަރެސްޓު ރޭޓުގައި، 25 އަހަރުގެ ތެރޭގައި އަނބުރާ ލޯނު ދައްކާ ގޮތަށެވެ. އަލަށް ގެދޮރު އިމާރާތްކުރާ މީހުންނަށް ހާއްސަކުރި އެ ސްކީމުން ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ، އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބެއެވެ.

އެ ސްކީމުން ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝިއަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

TTH_advertisement