ކުއްލި ޚަބަރު

ރައީސްގެ ވައުދާއެއްގޮތަށް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްފި، ހަތަރު ކުދިން ތިބޭނަމަ 15،000ރ. ލިބޭ

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސްކޭމްގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވޭ: ފުލުހުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވަން ރައީސް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ އިއްވާފައެވެ. އޭނާއަކީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ބޭފުޅެކެވެ.

މި މައްސަލަ ދިރާސާ ކޮށްް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަސްނާ އަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް، ލައިސެންސިން ފްރޭމްވޯކް ރިފޯމް، ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމާއި ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަންކަމުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

އަސްނާގެ މަސައްކަތުގެ ތެރޭގައި ބައިނަލްއަގްވާމީ ޕްރޮގްރާމްތައް ބެލެހެއްޓުމާއި ޕޮލިސީ ރިސާޗްތަކަށް އެހީތެރިވުމާއި ރެގިއުލޭޓަރީ އަދި ސުޕަވައިޒަރީ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން ފައިނޭންސްގެ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އޭނާގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ޖެންޑަރ އިންކްލޫސިވް ފައިނޭންސިންގ، ކުދި ޖަޒީރާ އިޤްތިޞާދުތަކަށް ދެމެހެއްޓެނިވި ފައިނޭންސް ޑިވެލޮޕްމަންޓް، ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފައިނޭންސް ހޯދުމާއި، ފައިނޭންޝަލް އެޑިޔުކޭޝަނާއި ލިޓްރަސީ ހަރުދަނާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

mma

އޮކްޓޫބަރު ނިމުނުއިރު ރިޒާވްގައި ހުރީ 866 މިލިޔަން ޑޮލަރު

majilis

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis

ލޭބާ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

TTH_advertisement