ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ 60 ދުވަސް: ޣައްޒާގެ އާންމުން ބަނޑަށްމަރުވާން ފަށައިފި

ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ މިއަދަށް 60 ދުވަސް ވީއެވެ.

ޣައްޒާއާއަށް އިންސާނީ އެހީގެ އެއްވެސް ބާވަތެއް އެތެރެކުރުން އިސްރާއީލުން ހުއްޓުވީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު މާޗްމަހުގެ 1 ވަނަ ހަމަވުމުން، ޖެހިގެން އައި ދުވަހުއެވެ.އޭގެފަހުން، ޣައްޒާއަށް ކާބޯތަކެއްޗެއް، ބޯފެނެއް، ބޭހެއް، ތެލެއް، ގޭހެއް، އަދި ދިރިތިބުމަށް ބޭނުންވާ ޟަރޫރީ އެހެންވެސް އެއްޗެއް އެތެރެކުރިޔަކަ ނުދެއެވެ.

މިކަމުގެ ސަބަބުން، ޣައްޒާގައި ކުރިން އެތެރެކޮށްފައި ހުރި ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ސާމާނު މުޅީން ހުސްވުމަކާ ގާތަށްގޮސް، މުޅި ޣައްޒާގައި މިހާރުވަނީ ބަނޑުހައިހޫނުކަން އާންމުވެފައެވެ. ޣައްޒާގައި، ހާލުގައި ޖެހިފައިވާ އާންމުންނަށް ކައްކައި ކާބޯތަކެތި ފޯރުކޮށްދޭ ކޮމިއުނިޓީ އެތައް ކިޗަންއެއް، ސާމާނު ނެތިގެން މިހާރު ބަންދުކޮށްފައި ވެއެވެ.

އަދި ކުރިއަށްހުރި މަދު ދުވަސްކޮޅުގެ ތެރޭގައި، ދެންހުރި ކިޗަންތައްވެސް ބަންދުކުރަންޖެހި، ޣައްޒާގެ 2.3 މިލިއަން މީހުން ދާދި އަވަހަށް ބަނޑަށް މަރުވާން ފަށާނޭ ކަމަށް، އެކިއެކި ފަރާތްތަކުން އިންޒާރު ދޭން ފަށާފައި ވެއެވެ. މިހާރުވެސް ޣައްޒާއިން 50 ކުޑަކުދިންނާއެކު 52 މީހުން ބަނޑަށް މަރުވެފައިވެއެވެ.

ރަނގަޅު ކާނާ ނުލިބި، ޣައްޒާގެ އެތައްހާސް ކުޑަކުދިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފަށާފައިވާ ކަމަށް، ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައި ވެއެވެ. ޒަޔަނިސްޓު އިސްރާއީލުން މިވަނީ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ހަތިޔާރަކަށް ކާބޯތަކެތި ހަދާފައެވެ.

ހަމާސްއަށް ޕްރެޝަރ ކުރުމުގެ ނަމުގައި ޒަޔަނިސްޓުން މިވަނީ، ޣައްޒާގެ މުޅި އާބާދީ ބަނޑަށްމެރުމުގެ ނުބައި ރޭވުންތައް ރާވައި އެކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ވެރިކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމާ ދެކޮޅު: ޣައްޒާގެ ޖަމާއަތްތައް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރު ގޮވާލަނީ މަމްދާނީ ހުވާކުރައްވާ ރަސްމިއްޔާތުގައި ނަތަންޔާހޫ ބައިވެރިވުމަށް

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

TTH_advertisement