ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

މާލެ ސިޓީގެ އެކި ސަރަހައްދުން މިއަދު ކަރަންޓް ދާނެ، ފޭސް 2ން ދަނީ H14 އިން!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަންގަވާފައިވާ ގޮތުގައި، މާލެ އަދި ހުޅުމާލޭގެ ވަކި ސަރަހައްދުތަކަކުން ވަގުތީގޮތުން ކަރަންޓު ކެނޑިގެން ދާނެއެވެ. މި ކަރަންޓު ކެނޑުންތައް ހިނގާނީ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެންނެވެ.

މާލެ ސިޓީގައި، އަލިކިލެގެފާނު މަގު އަދި ކަޅުހުރާ މަގު ހިމެނޭ ސަރަހައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެއެވެ.

ހުޅުމާލެ ފޭސް 1 ގައި:
– ބޯގަންވިލާ މަގު، ޗަނބޭލީ މަގު، އަސްރުމާ ހިނގުން އަދި ފްލެޓް 113 އިން 120 އަށް ހިމެނޭ ސަރަހައްދު
– އަހިގަސްމަގު، ހިރުނދުމަގު، ނިރޮޅުމަގު ގޯޅި 13 އަދި 14 ހިމެނޭ ސަރަހައްދު
މި ދެ ސަރަހައްދުން ހެނދުނު 10:00 އާއި 11:30 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެއެވެ.

އިތުރުން، އަހިގަސްމަގު، ހިރުނދުމަގު އަދި ނިރޮޅުމަގު ގޯޅި 11 އާއި 12 ހިމެނޭ ސަރަހައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެއެވެ.

ހުޅުމާލެ ފޭސް 2 ގައި:
– ހިޔާ ޓަވަރު 14 (H14) އިން ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެއެވެ.
– އެހެނިހެން ހިޔާ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާނެއެވެ.

ސްޓެލްކޯއިން އެދިވަޑައިގަންނަވަނީ މި މުހިންމު މަސައްކަތްތަކާ ގުޅިގެން ދިމާވާ ވަގުތީ ދަތިތަކަށް ކެތްތެރިވެ ވަޑައިގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

TTH_advertisement ELL Mobile Advertisement