ކުއްލި ޚަބަރު

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފި

ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ގައުމީ އެންޖީއޯ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހިޔާ 13 ވަނަ ޓަވަރުން މިއަދު 30 މިނެޓަށް ކަރަންޓް މެދުކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ 13 ވަނަ ޓަވަރު (H13)ން މިއަދު ހެނދުނު ކަރަންޓް ކެެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެކުންފުނިން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ބަހާލައިގެން ކުުރުމަށް ތާވަލުކުރެވިފައިވާއިރު، ހިޔާގެ 13ވަނަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި 27 އެޕްރީލް 2025 ވާ އާދީއްތަ ދުވަހު (މިއަަދު)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ވިދާޅުވީ މި މުހިންމު މަސައްކަތް ކުރުމަށް އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓް ދާނެކަމަށެވެ. އަދި އެކުންފުނިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށްވެސް އެދެވަޑައިގެންފައެވެ.

ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތަކީ އެ ކުންފުނީގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ބަންދު ތިން ދުވަހު ވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ

121

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފި

North harbour mpl

މާލޭ ނޯތު ހާބަރ ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް

މިނިވަން ދުވަހުގެ ހަަރަކާތްތަކާއި ގުޅިގެން ތިން ދުވަހެއްގައި ވެހިކަލް މަނާ ގަޑިތަކެއް ކަނޑައަޅައިފި

ELL Mobile Advertisement TTH_advertisement