ކުއްލި ޚަބަރު

ސީރިއާގެ ބިމުން އިސްރާއީލު ސިފައިން ބާލަން ޕްރެޝަރކޮށްދޭން ސީރިއާ ސަރުކާރުން އދގައި ގޮވާލައިފި

ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް މެލޭޝިޔާއަށް ފޮނުވަނީ

ޔުކެސްކޯ ހެރިޓޭޖް ސައިޓަށް އަމާޒުވީ ހޫތީންގެ މިސައިލެއް ކަމަށްބުނެ އެމެރިކާއިން ޒިންމާއިން ރެކިއްޖެ

ސީރިއާގެ ބިމުން އިސްރާއީލު ސިފައިން ބާލަން ޕްރެޝަރކޮށްދޭން ސީރިއާ ސަރުކާރުން އދގައި ގޮވާލައިފި

ސީރިޔާއަށް އަރައި ބަނޑަހަޖަހައިގެން ތިބި އިސްރާއީލު ސިފައިން ސީރިއާއިން ބޭލުމަށް ޕްރެޝަރކޮށްދޭން ސީރިއާގެ ސަރުކާރުން އދއަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލެއްވީ ސީރިއާގެ ފޮރިން މިނިސްޓަރު އައްސައާދު އައްޝައިބާނީއެވެ. އޭނާ މިކަމަށް ގޮވާލެއްވީ، ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ސީރިއާގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަދި އައު ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ކުރެއްވި ތަގްރީރުގައެވެ.

އައްސައާދު އައްޝައިބާނީ ވިދާޅުވީ، ސީރިއާގެ ފަރާތުން އަވަށްޓެރި އެއްވެސް ގައުމަކަށް އަދި ދުނިޔޭގެ އެހެން ގައުމަކަށްވިޔަސް، އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނޭކަމުގެ ޔަގީންކަން އައު ސަރުކާރުން އެތައް ފަހަރަކު ހާމަކޮށްފައި ވާނޭ ކަމަށެވެ. އިސްރާއީލަށްވެސް ސީރިއާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނާންނާނޭ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދީފައިވާނޭ ކަމަށް، ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ސީރިއާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދޭން ފެށުމަށްފަހު އިސްރާއީލު ސިފައިން އެއްގަމުމަގުން ސީރިއާއަށް ދެކުނަށް އަރައިގެންފައިވަނީ، ސީރިއާގެ ވެރިކަމުގައި ހުންނެވި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން، އޭގެފަހުންނެވެ.

ސީރިއާގެ އެކި ރަށްތަކަށް މިހާރުވެސް ކޮންމެ ދުވަހަކު އިސްރާއީލުން ގެންދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. އަދި ސީރިއާގެ ދެކުނަށް އެއްގަމުމަގުން އަރައިގަތް ސިފައިން މިހާރުވަނީ އެމީހުން ތިބި ތަންތަނުގައި ސްޓޭޝަންތައް ހަދައި، ހަތިޔާރާއި ސިފައިން ވައްދައި ގާއިމްވެފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި، އޭނާގެ ޑިފެންސް މިނިސްޓަރާއި، ސިފައިންގެ ވެރިޔާ ބުނަމުން ގެންދަނީ ސީރިއާއިން ސިފައިން ނުބާލާނޭ ކަމަށެވެ. ބައްޝާރުލް އަސަދަށްފަހު ސީރިއާގެ ވެރިކަމާ ހަވާލުވެވަޑައި ގެންނެވި އަހްމަދު އައް-ޝާރާ ވިދާޅުވެފައިވަނީ، އޭނާވެސް އަދި އޭނާގެ ސަރުކާރުންވެސް އިސްރާއީލާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

ހަމަ އެއާއެކު، ބޭރުގެ ބާރަކުން އިސްރާއީލަށް ހަމަލާދޭން ސީރިއާގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ހުއްދަވެސް ނުދޭނޭ ކަމަށް އައު ރައީސް ވިދާޅުވެފައި ވެއެވެ. އަހްމަދު އައް-ޝާރާވަނީ، ގޯލާންގެ އުސް ބިންތައް ހިފުމުގެ އިތުރުން، ސީރިއާގެ އިތުރު ބިންތައް އިސްރާއީލުން ހިފަމުން ގެންދިއުމާއި، ސީރިއާއަށް ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

96666

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީން އަންނަނީ ސިޔާސީ ފައިދާ ހޯދަމުން: ޝުޖާއު

987fd

ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީއެއް

398372 90ddea93 b

އަޅުގަނޑު އިސްތިއުފާދޭންޖެހޭ ވަރުގެ ކަމެއް ނުހިނގާ: އިހްސާން

E0000

އަހާ ފޯރަމް ކެންސަލްކޮށްފި

Mulhiraajje
TTH_Advertisement ELL Mobile Advertisement