ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ފިޝަރީޒް ކޮލެޖުން ތިން ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

9q8w

ރާއްޖޭގެ މަޝްވެރިކަމުގެ ދާއިރާ ކުރިއަރުވަން ތައުލީމީ ޒުވާނުން ބިނާކުރަން އަމާޒުކޮށްގެން އުފެއްދި ފިޝަރީޒް ކޮލެޖުން ދަރިވަރުންތަކެއް ގްރެޖްއޭޓްވެއްޖެއެވެ.

ގައުމީ ޔުނިވަސިޓީގެ ދަށުން ހިންގަމުން އަންނަ އެ ކޮލެޖްގެ ފުރަތަމަ ބެޗުން ގްރެޖްއޭޓްވީ ތިން ދަރިވަރެކެވެ. އެއީ މެރިން ސައިންސް ދާއިރާ އިން ޑިގްރީ ހާސިލްކޮށްގެންނެވެ. އިއްޔެ ގްރެޖްއޭޓްވި ތިން ދަރިވަރުންގެ ތެރޭގައި ހިމެނެނީ ފިރިހެން ދަރިވަރަކާއި އަންހެން ދެ ދަރިވަރެކެވެ.

ފިޝަރީޒް މި ކޮލެޖަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ކޮލެޖެކެވެ. އެތަނުގެ ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ.

އެ ކޮލެޖުގެ ކޯސްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި، ކަނޑުގެ ދިރުންތަކާއި، ތިމާވެށީގެ ދިރާސާތަކާ ބެހޭ މަޢުލޫމާތު ދެވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކާމިޔާބުކަމާއެކު ކޯސް ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ މުސްތަޤްބަލަށް އުންމީދީ ކުލަވަރެއް ކަމަށެވެ. އަދި އެ ދަރިވަރުންގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީވެގެން ދާނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީޙުގެ މި ދައުރަށް 27 ބިލެއް ހުށަހާޅާނެ: ރައީސް

އިހުއޮތް ރީތި އާދަތައް ދިރުވުމުގެ ގޮތުން ޤައުމީ މަޝްރޫޢެއް ފައްޓަވަން ގަސްތުކުރައްވަން: ރައީސް

10 މަސްތެރޭ މަހިބަދޫ ބިން ހިއްކާ ހަވާލުކުރައްވާނެ: ރައީސް

އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ކިޔަވާނީ އޭސީ ކުލާސްތަކުގައި: ރަައީސް

TTH_advertisement