ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކުން ޓޫރިޒަމަށް ގެއްލުމެއް ނުވޭ: ތޯރިގު

Big aawygjfmnufgqmosifv7sfm74
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް — ފޮޓޯ: ރައީސް އޮފީސް

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ނިންމި ނިންމުމާ ގުޅިގެން އަދި ޓޫރިޒަމަށް ގެއްލުމެއްވަމުން ނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމައި، އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ މިމަހުގެ 15 ގައެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖެ ބޮއިކޮޓް ކުރުން ގޮވާލުން ފަދަ ކެމްޕޭންތަކެއް ކުރިއަށް ނުދާ ކަމަށާއި ކޮންމެ ދުވަހަކު ވެސް އެކަން މޮނީޓާކުރަމުންދާ ކަމަށެވެ. އަދި އެކަމުން އެއްވެސް ގެއްލުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކާއި މައުލޫމާތުތައް ބަލަމުންގެންދާ ކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ބޮއިކޮޓްކުރަން ގޮވާލުމުގެ ބަދަލުގައި ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް ތައުރީފުކޮށް ވާހަކަދައްކަމުން ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރިކަން އަންގައި ދާދިފަހުން އިމިގްރޭޝަނުން ވެސް ވަނީ ގާނޫނަށް ގެނައި އެ ބަދަލު ފާހަގަކޮށް، ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

އދ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޣައްޒާ ސުލްހަ ޕްލޭން ފާސްކޮށްފި

ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާއިފި

ނަތަންޔާހޫގެ ތަގްރީރު އަޑުއަހާނެ ބަޔަކު އދގައި ނުތިބޭނެތީ، އަޑުއަހަން މަޖުބޫރުކުރީ ޣައްޒާގެ ރައްޔިތުންނަށް

TTH_advertisement