ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

އިސްލާހުކުރާ ކުޅިވަރުގެ ގާނޫނުގެ ސަބަބުން މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެ: ރާފިޢު

ރައްޔިތުންގެ މަޖިލީހުން ކުޅިވަރުގެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާއެކު، މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމަށް މަގުފަހިވާނެ ގޮތަށް އެ ޤާނޫނު ބައްޓަންވެގެންދާނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އިޞްލާޙުތަކާއެކު ކުޅިވަރުގެ ޤާނޫނު ވުޖޫދަށް އައުމަށް މިހާރު އޮތީ އެންމެ ފަހު މަރުޙަލާގައި ކަމަށެވެ. މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރަޙައްދީ އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށާއި، އެ ތަންތަނުގައި މަސައްކަތްކުރެވިގެންދާނީ މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލުވާ ގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ހިންގުމުގެ ގޮތުން ބެލިޔަސް އަދި ޢަމަލީ ގޮތުން ބެލިޔަސް، އެކި ސަރަޙައްދުތަކުގައި ބޭއްވޭ މުބާރާތްތަކުން ކުޅުންތެރިން އުފެދި، އެ ކުޅުންތެރިންނަށް ޤައުމީ ޓީމުން ޖާގަ ލިބޭނެ މަގެއް އުފެއްދުމަކީ މީގެ އެންމެ މުހިންމު ބޭނުމެވެ،” ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނުން އެލީޓް އެތުލީޓުން އުފެއްދުމާއި، އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދާނެ ގޮތެއް ހޯދައި، އެގޮތަށް ބައްޓަންކުރުމުގެ ގޮތުން ކެބިނެޓަށް ކަރުދާހެއް ހުށަހެޅުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ކަރުދާސް ކެބިނެޓުން ފާސްވެ، ޤައުމީ ކުޅިވަރު ފަންޑެއް އެކުލަވާލުމަށް ޤާނޫނުގައި މިހާރު ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވިގެންދާނީ ވަކި މިނިވަން މުއައްސަސާއެއްގެ ދަށުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) ގެ ދަށުން މިހާރު ހިންގަމުންދާ އެންޓި-ޑޯޕިންގ އެސޯސިއޭޝަން ވަކި މިނިވަން ތަނެއްގެ ގޮތުގައި ހިންގުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނާ ދެމެދު ޖެހޭ މައްސަލަތައް ހައްލުކުރުމަށް އާބިޓްރޭޝަން މަރުޙަލާގައި ހައްލު ހޯދާނެ ގޮތްވެސް ކުޅިވަރުގެ ޤާނޫނުގައި ހިމެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“އެއީ ރާއްޖޭގައި ކުޅިވަރު އާބިޓްރޭޝަންގެ މަސައްކަތް ކުރެވިގެންދާނެ ފުރުޞަތު އެ ފަރާތްތަކަށް ލިބިގެންދާނެ. މިހާރު މިކަން ކުރާ ގޮތަށް ބަލާއިރު މިހާރު މި ދަނީ ރާއްޖެއިން ބޭރުގައި ހުންނަ އާބިޓްރޭޝަން މަރުކަޒަކަށް،” ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް މައްސަލަތަކުގައި އާބިޓްރޭޝަނަށް ދިޔުމަކީ ޚަރަދު ބޮޑުކަމުން ކުޅުންތެރިންނަށް ވާވަރަށްވުރެ ބޮޑު ތަކުލީފެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަމްޢިއްޔާތަކުގެ ޤާނޫނާ ފުށުއެރުންތަކެއް ހުރުމުން މިހާރު އެކަން ހައްލުކުރެވޭނެ ގޮތެއް ހޯދުން އެއީ ދިމާވާ ގޮންޖެހުމެއް ކަމަށާއި، އެހެންނަމަވެސް އެއާ ވިދިގެން އަދިވެސް ބައެއް ކަންކަން ރަނގަޅުކުރަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“މިސާލަކަށް މަދަނީ ޖަމްޢިއްޔާތައް ރަޖިސްޓަރީވަމުން އެ ދަނީ ޒުވާނުންގެ ކަންތައްތަކާބެހޭ ވުޒާރާގައި. ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީވަމުން ދަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި. އެހެންނަމަވެސް މަދަނީ ޖަމްޢިއްޔާތަކުގައިވެސް ކުޅިވަރު ކުޅޭ ބައިތަކެއް އެބަހުރި. އެ ކްލަބުތަކަށް ވިޔަސް ރަޖިސްޓަރީވަމުން މި ދަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި،” ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެންނަ ބަދަލުތަކަކީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއާއެކު ގކު ގެންނަ ބަދަލުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި 20 އަހަރު ދުވަހުގެ ކުޅިވަރު ތަޞައްވުރުގެ މައްޗަށް އެކުލެވޭ ދިގު ރާސްތާ ޕްލޭންގެ މުހިންމު ބައިތަކެއް ހިމެނިގެންދާނެ ކަމަށްވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

“އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ދިގު ރާސްތާާސްތާ ޕްލޭންގައި މިއޮތީ ރާއްޖެއަށް އެންމެ ކާމިޔާބު ނަމޫނާއަކީ ކޮބައިތޯ؟ ރާއްޖެއަށް އެންމެ އެކަށީގެންވާނީ ކޮން ނަމޫނާއެއްތޯ؟ އަދި ދުނިޔޭގެ ކުޅިވަރުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދާފައި ހުރި ޤައުމުތަކުގައި ކޮން ނަމޫނާތަކަކަށްތޯ މަސައްކަތް ކޮށްފައި ހުރީ،” ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

އަލަށް ފާސްކުރެވިގެންދާ ބައިތަކާއެކު ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

ELL Mobile Advertisement TTH_advertisement