ކުއްލި ޚަބަރު

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ނަޝީދުގެ ހިސާބު: ކައުންސިލު އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް!

ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ސޯލިހު ބައިވެރިވަޑައިނުގެންނެވި

57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

addu-flat
އައްޑޫ ސިޓީގައި މީގެ ކުރިން އިމާރާތްކުރި ހައުސިން ޔުނިޓުތަކެއް — ފޮޓޯ: ހައުސިން މިނިސްޓްރީ

ސަރުކާރުން 57 ރަށެއްގައި އިމާރާތްކުރާ ހައުސިން ޔުނިޓުތައް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ބީލަން ކުރިއަށްދާނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” އާއި ފިނޭންސް އެންޑް ޕްލޭނިންގެ “ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު” އަދި އިކޮނޮމިކް މިނިސްޓްރީގެ “ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ”ގެ ދަށުން ކަމަށެވެ.

އެ ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށް ފިނޭންސުން ބުންޏެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރަން ޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި ފައިނޭންސިން މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑިކުއުމަންޓުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

އެ މަސައްކަތުގެ ޕްރީކޮލިފިކޭޝަނާ ބެހޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އެ ޕްރީކޮލިފިކޭޝަނާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޕްރީކޮލިފިކޭޝަނަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ފިނޭންސުން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ބީލަން ޕޯޓަލް މެދިވެރިކޮށް ކަމަށާއި ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށް ކަމަށެވެ. އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސްގެ އިއުލާންގައި އިތުރަށް ބުނީ ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން (https://beelan.finance.gov.mv/) ލިބެން ހުންނާނެ ކަމަށާއި އަދި އެ ގައިޑްގައިވާ މައުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތްކުރާ ހައުސިން ޔުނިޓުތައް:

  • ށ. ފޯކައިދޫގައި 150 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އދ. މަހިބަދޫގައި 150 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. ދިއްދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. ހޯރަފުށީގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ށ. މިލަންދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. ދުވާފަރުގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ފ. ނިލަންދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ދ. މީދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. މަޑަވެލީގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ސ. ފޭދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގއ. ވިލިނގިލީގައި 225 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • މ. މުލިގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ޅ. ނައިފަރުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. ރަސްމާދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ކ. ގުރައިދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • މ. ކޮޅުފުށީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ތ. ހިރިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގއ. ގެމަނަފުށީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގއ. ކޮލަމާފުށީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. ހޯނޑެއްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. ފަރެސްމާތޮޑާގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. ފިޔޯރީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އދ. ދިގުރަށުގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. ކެލާގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. އުތީމުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. ކުރިނބީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ނ. މަނަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ނ. މިލަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އިންނަމާދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ދ. ކުޑަހުވަދޫގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ލ. ގަމުގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ލ. ފޮނަދޫގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ފުވައްމުލަކު ސިޓީގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އައްޑޫ ސިޓީ ހިތަދޫގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ކ. ތުލުސްދޫގައި 550 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އައްޑޫ ސިޓީ ހުޅުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. މަކުނުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ނ. ކެނދިކުޅުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. މަޑުއްވަރީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އިނގުރައިދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ތ. ވިލުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ގދ. ގައްދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އައްޑޫ ސިޓީ މަރަދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އައްޑޫ ސިޓީ މަރަދޫފޭދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • އައްޑޫ ސިޓީ މީދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gujeyvkwcaahdmh

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

Gujjg9hasaavzra

ނަޝީދުގެ ހިސާބު: ކައުންސިލު އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް!

Gujectaxeaaq3aq

ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ސޯލިހު ބައިވެރިވަޑައިނުގެންނެވި

Nav

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން

TTH_advertisement ELL Mobile Advertisement