ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިންމު މަރުޙަލާއެއް ކަމުގައިވާ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި އިމްތިހާނުތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާކަން ފާހަގަކުރެވެއެވެ.

އޯލެވެލް އިމްތިހާނުގެ ފުރަތަމަ ޕޭޕަރު ފެށިގެން ދިޔައީ މިއަދު ހެނދުނު 9:30 ގައެވެ. މި އިމްތިހާނުތައް ކުރިއަށްދާނީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްއެސްސީ އިމްތިހާނުގެ އިސްލާމް މާއްދާގެ ޕޭޕަރަކާއެކު އޯލެވެލް އިމްތިހާނުތައް ވެސް ފެށިގެން ދިޔައެވެ.

ތަޢުލީމާބެހޭ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގެ އަަލީގައި، މި އިމްތިހާނުތަކުގައި ޖުމްލަ 8,364 ދަރިވަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި އިމްތިހާނުތައް ކުރިއަށްދާނީ ރާއްޖޭގެ 260 އިމްތިހާނު މަރުކަޒެއްގައެވެ.

އެސްއެސްސީ އިމްތިހާނުގައި ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭގޮތަށް 7,519 ދަރިވަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އޯލެވެލް އިމްތިހާނުގައި މި އަހަރު 7,666 ދަރިވަރުން ބައިވެރިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 165 ދަރިވަރުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 7,501 ދަރިވަރުންނެވެ.

މީގެއިތުރުން، މިހާރު ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާރިޗު މަހުގައެވެ. އަދި ގްރޭޑް 8 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެންބަރު މަހުގައެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން، އޯލެވެލް އިމްތިހާނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު/ނޮވެންބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

students

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިދިޔަ އަހަރު 548 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

117

އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފި

TTH_advertisement