ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުއައްޒަފު އިތުރުފަރުވާއަށް އޭޑީކޭއަށް

ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުވައްޒަފަކަށް އަނިޔާވެ ފަރުވާދެނީ

އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުން – ޑރ ޝަހީމް

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިއަދު ވަނީ އިސްލާމީ ޔުނިވާސިޓީން ދަސްވެނިވި އިމާމުންނާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްނެވިވެފައިވާތީ އެކަމާއި އުފާ ކުރައްވާކަމަށާއި އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިމާމުން ވަނީ އެ ފަރާތްތަކަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާއި ހިއްސާ ކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ވަޒީރު ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ވުޒާރާގެ އަޒުމެއްކަމަށާއި ނޭއްގާނީ ފިކުރުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެންކަމަށެވެ.

ވަޒީރު ވަނީ އިމާމުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ، ރައީސުލްޖުމުހޫރިއްޔާ އަޅުއްވައިދެއްވައިފި

990

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

އިސްލާމީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ ކާމިޔާބު ދެ އަހަރު

އޮޅުވެލިފުށީގައި މަސްޖިދުއް އިޚްލާޞް ހުޅުވައިފި

TTH_advertisement