ޤައުމިއްޔަތުގެ މުހިންމު ބައެއްގެ ގޮތުގައި ކާބަފައިންގެ އަގުހުރި އާސާރުތައް ފާހަގަކުރައްވައި، ދިވެހި ދައުލަތުގެ ދެމިއޮތުމަށް މި ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އަލިއަޅުވާލައްވައިފިއެވެ.
ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން. pic.twitter.com/SHRYVd88Tx
— Dr Mohamed Muizzu (@MMuizzu) April 18, 2025
ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅިވަޑައިގެން ކުރެއްވި ޚާއްޞަ ޕޯސްޓެއްގައި ރައީސުރައީސުލްޖުމްހޫރިއްޔާ މި ޚިޔާލުފުޅު ފާޅުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޤައުމިއްޔަތުގެ އަސާސީ ބިންގަލަކީ ކާބަފައިންގެ ކިބައިން ލިބިފައިވާ އާސާރީ ތަރިކައެވެ. އަދި ދިވެހިންގެ ޤައުމީ ވަނަވަރު ދެމެހެއްޓުމަށް މި އަގުނުކުރެވޭ ތަރިކަ ޙިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރުގެ ސަރުކާރުން ޤައުމިއްޔަތު ވަރުގަދަކޮށް، އާލާކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަމުން ގެންދަވައެވެ. ދިވެހީންގެ ސަގާފީ އަދި އާސާރީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މި ދާއިރާއިން މިހާތާތަނަށް ނުފެންނަ ފަދަ ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރެވެމުންނެވެ.