ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ޢިމާރާތްކުރެވޭ 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފި

ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން 25 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރެވޭ 400 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

“400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް” ގެ ނަމުގައި ކުރިއަށްގެންދެވޭ މި މަޝްރޫޢު ރަސްމީކޮށް ފެށުމުގެ ޙަފްލާ މިއަދު ހުޅުމާލޭގައި ބޭއްވުނެވެ. މި ޙަފްލާގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ސައުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އަލްފާޟިލް ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާއި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަލްފާޟިލް މޫސާ ޒަމީރެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެލޭގެ ދެވަނަ ފިޔަވަހީގައި 400 ސޯޝަލް ހައުސިންގ ޔުނިޓު ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސައުދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރާ ބައިވެރިއެކެވެ. މި ފަންޑުން މިހާތަނަށް ދަތުރުފަތުރު، ޞިއްޙަތު، ބޯހިޔާވަހިކަން އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސައުދީ ފަންޑުން ވަނީ ދެ މުހިންމު މަޝްރޫޢަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ.

ސައުދީ ފަންޑަކީ 1974 ވަނަ އަހަރު ސައުދީ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. މި ފަންޑުން ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

TTH_advertisement ELL Mobile Advertisement