ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

މިއަހަރުގެ ފުރަތަމަ ފުރާވަރު ކޭންޕު ވިލުފުށީ ސްކޫލުގައި ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން، ސްކޫލުތަކުގެ ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ކުރިއަށްގެންދާ ‘’ކޭންޕު ފުރާވަރު” ގެ 106 ވަނަ ކޭންޕު ތ. ވިލުފުށީ ސްކޫލުގައި ފަށައިފިއެވެ.

މި ކޭންޕަކީ މި އަހަރުގެ ދިރާސީ އައު އަހަރު ފެށިގެން ކުރިއަށް ގެންދާ ފުރަތަމަ ކޭންޕެވެ. ވިލުފުށީ ސްކޫލުގެ ގްރޭޑް 8 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ޖުމުލަ 90 ދަރިވަރުންނާއެކު މި ކޭންޕު ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.

މި ކޭންޕު ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކުގައެވެ.

މި އަހަރުގެ ކްރައިމް ޕްރިވެންޝަން ޕާޓްނަރުންނަަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބެންކު އޮފް މޯލްޑިވްސް އަދި ޕްރޮކްސީ ޝޯރޫމެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.

ފުރާވަރު ކޭންޕަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކޭންޕެކެވެ. ވިލުފުށީގައި ކުރިއަށް ގެންދާ މި ކޭންޕުގެ އިތުރުން ވެސްް ފުރާވަރު ކޭންޕު އިތުރު ސްކޫލުތަކުގައި މި ދިރާސީ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގެ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްސް ޔުނިޓް ހެޑް، އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ. އެގޮތުން މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭންޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ކ. ގުރައިދޫ، އދ. މާމިގިލި އަދި ސ. ފޭދޫގައި ވެސް މި ކޭންޕު ކުރިއަށް ގެންދާނެ ކަމަށް ހަސަން މަޝްެރޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސްކޫލު ދަރިވަރުންނަށާއި، ބެލެނިވެރިން އަދި މުދައްރިސުންނަށް ހާއްސަކޮށްގެން ވެސް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށާ އެގޮތުން އަމާންވެށި ޕްރޮގްރާމް ހއ. ބާރަށް، ރ. ދުވާފަރު އަދި ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ އަދި މާލެއާއި އަތޮޅުތެރެ ހިމެނޭ ގޮތަށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެސް މިއަހަރު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement