ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ލިވަރޕޫލްގެ އެކަޑަމީއެއް ރާއްޖޭގައި ގާއިމް ކުރަނީ

އިނގިރޭސިވިލާތުގެ ނަމުދަރަ ކުލަބެއް ކަމުގައިވާ ލިވަރޕޫލް ފުޓްބޯލް ކުލަބުގެ އެކަޑަމީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ޒުވާނުންގެ ކަންކަމާ ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ލިވަރޕޫލް ފުޓްބޯލް ކުލަބާ ދެމެދު ވެވުނު އެއްބަސްވުން ރަސްމީކޮށް އިފްތިތާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި، މިނިސްޓަރ ރާފިޢު ވަނީ ލިވަރޕޫލް އެފްސީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގެ ނަތީޖާތަކާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ރާފިޢު ވިދާޅުވީ، ލިވަރޕޫލްގެ އިންޓަރނޭޝަނަލް އެކަޑަމީގެ އިސްވެރިން ދިވެހިރާއްޖޭގައި ލިވަރޕޫލްގެ އެކަޑަމީއެއް ޤާއިމުކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެއް ކަމަށާއި، މި ފުރުޞަތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާނެ ކަމަށް ވިދާޅުވިއެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ލިވަރޕޫލްގެ އެކަޑަމީއެއް ޤާއިމުކުރުމަށް ބޭނުންވާ އަސާސީ ޝަރުޠުތައް އޮޅުންފިލުވައި، މިހާރު ދިވެހިރާއްޖޭގައި ހުރި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް ލިވަރޕޫލްގެ އިސްވެރިންނާ ޙިއްޞާކުރައްވާފައިވާ ކަމަށް މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ. އަދި މިހާރުވެސް މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެކަޑަމީގެ ޚިދުމަތް ކުރިއަށް އޮތް ތިން އަހަރުތެރޭގައި ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުވެސް ކުރެވިދާނެ ބައެއް ކަންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢު ފެށުމަށްޓަކައި ލިވަރޕޫލްގެ ޚާއްޞަ ކޯޗެއް ދިވެހިރާއްޖެއަށް ވަޑައިގެން، އެކަޑަމީއަށް ބޭނުންވާ ދިވެހި ކޯޗުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ކޮންމެހެން ވަކި ކޯޗިންގ ލައިސަންސެއް އޮތުމަކީ މަޖުބޫރު ކަމެއް ނޫން ކަމުގައިވެސް މިނިސްޓަރ ރާފިޢު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި، މި ދަތުރުފުޅުގައި އެއްބަސްވެވުނު ކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރ ދެއްވާފައިވެއެވެ. އެމްއެމްޕީއާރުސީއާއި ލިވަރޕޫލް އެފްސީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ލިވަރޕޫލްގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަންވެސް ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާއަށް އައު ހަރުފަތެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ލިވަރޕޫލް ފުޓްބޯލް ކުލަބުގެ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ އެކަޑަމީއެއް ދިވެހިރާއްޖޭގައި ޤާއިމުވުމަކީ، ޤައުމީ ފެންވަރުގައި ފުޓްބޯޅައިގެ ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު ކުރިއެރުމެއް ލިބި، ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ނަން އިތުރަށް މަޝްހޫރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement