ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ނަހުލާގެ ސޮރީ ގެ ޓްރެއިލަރ ދައްކާލައިފި

މަޝްހޫރު ޕްރޮޑިއުސަރ ފަތިމަތު ނަހުލާގެ އައު ފިލްމު “ސޮރީ” ގެ ރަސްމީ ޓްރެއިލަރ ވަނީ ނެރެފައެވެ. މި ޓްރެއިލަރ ނެރެފައިވަނީ ސޯޝަލް ސެންޓަރުގައި ބޭއްވުނު ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓުގައެވެ.

އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު މި އިވެންޓުގައި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ އޯޑިއޯ އަލްބަމް ވަނީ ނެރެފައެވެ. އަދި ފިލްމުގެ ބައެއް ލަވަތައްވެސް އިވެންޓުގެ ތެރެއިން އާންމުންނަށް ވަނީ އަޑުއިއްވާފައެވެ.

މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ފާހަގަކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް އައްޒަ ފަދަ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް އެކި ރޯލްތަކުން ފެނިގެންދާނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ވިދާޅުވި ގޮތުގައި މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާނެ އަދި ޢާއިލާތަކުން ބަލަން ޖެހޭ ފިލްމެކެވެ. “މި ފިލްމަކީ ރާއްޖޭގެ ފިލްމު ބެލޭ އުމުރުފުރާގެ ހުރިހާ އެންމެން، މައިންބަފައިން ދަރިން ގޮވައިގެން އައިސް ބަލަން ޖެހޭ ފިލްމެކެވެ. ވަރަށް އިބްރަތްތެރި، ދަރިންނަށް ދައްކަން މަޖުބޫރު ފިލްމެކެވެ. ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައަކަށް، ސަރުކާރަށްވެސް ހައްލު ނުވެ އޮތް މައްސަލައަކަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ލޯބި، ހިތާމަ އަދި އެހެނިހެން ހުރިހާ އަސަރުތަކެއްވެސް ފެނިގެންދާނެއެވެ،” ނަހުލާ ވިދާޅުވިއެވެ

“ސޮރީ” ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ހަރަކާތުގައި ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ވަނީ ފިލްމު ބަލާލުމަށް އާންމުންނަށް ގޮވާލާފައެވެ. އަދި މި ފިލްމަކީ “ރޮއްވާލާނެ” ފިލްމެއް ކަމަށް ފިލްމުގެ ތަރިން ވަނީ ހާމަކޮށްފައެވެ.

މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement