ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

އިންކަމް ޓެކްސް ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކަށް އެހީވުމަށް މީރާއިން ޚާއްސަ ޕްރޮގްރާމެއް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 އިން 15 އަށެވެ.

މި ޕްރޮގްރާމަކީ 2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން، އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ޓެލެފޯން، އީމެއިލް އަދި އެހެނިހެން އޮންލައިން ވަސީލަތްތައް މެދުވެރިކޮށެވެ.

އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއތެރެއިން “ކޭޝް ބޭސިސް” އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކަށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މީރާގެ ހޮޓްލައިން، އީމެއިލް ނުވަތަ ވައިބަރ ނަންބަރަށް މެސެޖްކުރެވޭނެއެވެ. 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2025 އެވެ.

މި ޕްރޮގްރާމްގެ ސަބަބުން އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަވެ، ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ލުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކާނެކަމަށް އުންމީދުކުރެވެއެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

ELL Mobile Advertisement TTH_advertisement