ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީރާއަށް މިދިޔަ މަހު 3 ބިލިއަން ރުފިޔާގެ ރިކޯޑް އާމްދަނީއެއް

mira
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު 3.01 ބިލިއަން ރުފިޔާގެ ރިކޯޑް އާމްދަނީއެއް ލިބިފައިވާކަން ތަފާސްހިސާބުން ދައްކައިފިއެވެ.

މީރާއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެއީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 30.7 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި އެއީ މީރާއިން ލަފާކުރި އާމްދަނީއަށްވުރެ 33.7 ޕަސަންޓުގެ އިތުރު އާމްދަނީއެކެވެ.

ތަފާސްހިސާބުގައިވާ ގޮތުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ އާމްދަނީގެ 40.5 ޕަސަންޓުކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައެވެ. އެއީ 507 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

HajjCop_ads
Advertisement

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ ލިބިފައިވާކަން ތަފާސްހިސާބުގައި ފާހަގަކުރި އިރު، އެއާޕޯޓް ތަރައްގީގެ ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުގައި މީރާއިން ބުންޏެވެ.

ބޭރު ފައިސާގެ ގޮތުގައި 150.25 މިލިއަން ޑޮލަރު ލިބިފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު 47 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް ވެސް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

mira

އާމްދަނީ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގައި ޑރ. ލަތީފާއި ޑރ. އިކްލީލްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި