ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ޣައްޒާގެ ސުކޫލަކަށާއި ސިއްހީ ސާމާނު ހުރި ގުދަނަކަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ދިވެހި ސަރުކާރުން ޣައްޒާގެ ދާރުލް އަރްޤަމް ސުކޫލަށާއި ބޭސްފަރުވާގެ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި، ޣައްޒާގެ ދާރުލް އަރުޤަމް ސުކޫލަށް އިސްރާއީލީ ސިފައިން ދިން ބޮމުގެ ހަމަލާގައި ގިނަ އަދަދެއްގެ މައުސޫމު އަންހެނުންނާއި ކުޑަކުދިން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަން ފާހަގަކޮށް، ދިވެހި ސަރުކާރުން އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސައުދީ ސެންޓަރ ފޮރ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގަމުންދާ ޞިއްޙީ ޚިދުމަތަށް ބޭނުންވާ ސާމާނުތައް ރައްކާކޮށްފައި ހުރި ގުދަނަކަށް އިސްރާއީލުން ދިން ހަމަލާަމަލާވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާކަން ހާމަކޮށްފައިވެއެވެ. މި ހަމަލާއަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނާ މުޅިން ޚިލާފު ޢަމަލެއްކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުން ހިންގަމުންދާ މިފަދަ ހުރިހާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާއެކު، އެ ޢަމަލުތަކާމެދު އެ ޤައުމު ޖަވާބުދާރީކުރުވުމަށް ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވެއެވެ. އަދި ޣައްޒާގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނު ރައްޔިތުންނަށް 1967 ވަނަ އަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސްގައި ވެރިރަށް އޮންނަ މުސްތަޤިއްލު އަދި ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ޤާއިމުކުރެވިގެން ނޫނީ މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ނުލިބޭނެކަން މި ބަޔާނުގައިވެސް ރާއްޖެއިން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނު ވަނީ ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މަންޞަތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަކާލާތުކުރައްވަމުންނެވެ. މިގޮތުން އ.ދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައި ފަލަސްތީނުގެ ޙައްޤުގައި ދެއްކެވި ވާހަކަފުޅަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

އަދި ދިވެހއަދި ދިވެހި ސަރުކާރުން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ އަހުލުވެރިންނަށް، އިސްރާއީލީ ދައުލަތުން ކުރަމުން އަންނަ އަނިޔާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާއި، އެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އެކި ޤައުމުތަކުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.

މިގޮތުން، އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވެ ބަޔާނެއް ހުށަހަޅާފައިވެއެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އ.ދ.ގެ ޢާންމު މަޖިލީހަށް ހުށަހެޅުނު ގިނަ ޤަރާރުތަކެއްގައި ކޯ-ސްޕޮންސަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެފައިވެއެވެ.

ރާއްޖެއިން ދަނީ ހުއްޓުމެއްނެތި، 1967 ވަނަ އަހަރު ކަނޑައެޅުނު ސަރަޙައްދުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސްގައި ވެރިރަށް އޮންނަ މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި، އެކަމަށް ވަކާލާތުކުރަމުންނެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުން ދޭހަވަނީ، ދިވެހިރާއްޖެއިން ފަލަސްތީނުގެ މައްސަލައަށް ދެމުން އަންނަ އިސްކަމާއި، މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އެ ބައިމީހުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން ދެމުންދާ އަހައްމިއްޔަތުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement