ކުއްލި ޚަބަރު

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

ސައުދީ ފަންޑުގެ ސީއީއޯއަށް ރައީސް ޝުކުރު އަދާކުރައްވައިފި

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް

ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ރައްޔިތުންނާއެކު މަޢުލޫމާތު ޙިއްޞާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ރަށުގެ ރައްޔިތުންނާއެކު މަޢުލޫމާތު ޙިއްޞާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ބޭއްވުނީ އެޕްރީލް 2 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމްގެ ދަށުން، ފުލުހުން ވަނީ ރަށުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކޮށް، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާޚިޔާލު ހޯދާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަން ޙައްލުކުރުމަށް ފުލުހުންނާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ޕްރޮގްރާމްގެ ތެރެއިން، އަންނަނިވި މުހިންމު ބައިތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެވިފައެވެ:

1. ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
2. މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވިދާނެ ގޮތްތައް
3. ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަންކަން

އަދި ޚާއްޞަކޮށް، ފޯނަށް ލިބޭ ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ފަދަ ޒާތީ މަޢުލޫމާތު އެހެން ފަރާތްތަކާ ޙިއްޞާނުކުރުމުގެ މުހިންމުކަން ވަނީ އިތުރަށް ފާހަގަކޮށްދެވިފައެވެ.

މި ޕްރޮގްރާމަކީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250726 191604

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް ޝަރަފުވެރިކޮށްދެއްވައިފި

409594 e56781b8 4

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

410293 64c81031 f

ސައުދީ ފަންޑުގެ ސީއީއޯއަށް ރައީސް ޝުކުރު އަދާކުރައްވައިފި

އިންޑިޔާގެ އެލްއޯސީ އަދާކުރުމުގައި ބޮޑު ފަސޭހައެއް ހަމަޖައްސައިފި

TTH_advertisement ELL Mobile Advertisement