ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ކުށުގެ ވެށްޓަށް ވަދެފައިވާ ޒުވާނުން އިޞްލާޙުކުރުމަށް ޚާއްޞަކުރެވިފައިވާ ހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލުކުރުމަށް ނިންމައިފި

ކުށުގެ މާޙައުލަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ޚާއްޞަކުރެވިފައިވާ “ހޯޕް އައިލެންޑް” ގިރާވަރު ފަޅަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ކުރިން މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ދ. ވާނީގައެވެ. ނަމަވެސް، އެކި ސަބަބުތަކަށްޓަކައި އެހެން ރަށަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ސިއްދީޤު ވިދާޅުވީ، “ހޯޕް އައިލެންޑް” ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކާއި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެރަށުގައި އެތަން ތަރައްޤީކޮށްފިނަމަ ޚަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، “ހޯޕް އައިލެންޑް” މާލެއާ ކައިރި ރަށަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މާލެ ކައިރީގައިވާ ގިރާވަރު ފަޅު ހިއްކައިގެން “ހޯޕް އައިލެންޑް” އެތަނަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށް ސިއްދީޤު ހާމަކުރެއްވިއެވެ.

ސިއްދީޤު ވިދާޅުވީ، މި މަރުކަޒު ޤާއިމުކުރުމާއެކު ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ. މި މަރުކަޒު ތަރައްޤީކުރާނީ 700 އެއްހާ މީހުންގެ ޖާގައަށް ޚާއްޞަކޮށްގެން ކަމަށާއި، އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރުން ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަސީލަތްތައް ހުންނާނެ ކަމަށް ސިއްދީޤު އިތުރަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

418828 2aa23227 1

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

112

ހުޅުމާލެ އެސްޓީއޯ ހޮޓެލް އެޗްޑީސީއާ ހަވާލުކޮށްފި

Main 20250904 122843

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement