ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

B 202503281033151743183195.8726
ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން — ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން އެ މަސައްކަތް ފަށާފައިވަނީ ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު އެދިވަޑައިގެންނެވުމުންނެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އޮރެންޖު ހިޔާގައި ކުރިއަށްދާ މަސައްކަތް ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައިފައެވެ.

މާލޭގައި ހުރި ތެލަސީމިއާ ސެންޓަރު ބާވެ، އެ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒު ވަނީ އޮރެންޖު ހިޔާ ތަރައްގީކޮށް އެތަނަށް އެ ސެންޓަރު ބަދަލުކުރަން ވެރިކަމުގެ ވަރަށް ކުރީކޮޅު ނިންމަވައިފައެވެ.

ރައީސް އެގޮތަށް ނިންމެވި ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ އެ މަނިކުފާނު ވަނީ، އެއް މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރުމަށް އަންގަވައިފައެވެ.

އެމްއެންޑީއެފުން މަސައްކަތްކުރަމުން އަންނަނީ އެ މަސައްކަތް އަންނަ މަހުގެ 25ގެ ކުރިން ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

TTH_advertisement ELL Mobile Advertisement