ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ކްރޮއޭޝިއާ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި ފްރާންސް ވަނީ ކްރޮއޭޝިއާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި ކާމިޔާބީ ހޯދުމަށް ފްރާންސްއަށް ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަކަށް ދާށެވެ.

ފުރަތަމަ ލެގުގައި ކްރޮއޭޝިއާ 2-0 އިން މޮޅުވެފައިވާއިރު، ރޭ ފްރާންސްގައި ކުޅުނު މެޗުން ފްރާންސް ވެސް ހަމަ އެ ނަތީޖާއިން މޮޅުވިއެވެ. މިގޮތުން މެޗުގެ ނަތީޖާ ނިންމާލެވުނީ ޕެނަލްޓީ ޝޫޓްއައުޓަކުންނެވެ.

ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ފްރާންސްއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

2021 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސްއިން މި މެޗުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކިއެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނެޓުގައި މައިކަލް އޮލިސޭއެވެ. އެއީ ހިލޭ ޖެހުމަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައިވަނިކޮށް، މި ސީޒަނުގައި އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ އެގްރިގޭޓް ނަތީޖާ 2-2 އަށް ހަމަހަމަކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. އެހެންކަމުން ޕެނަލްޓީ ޝޫޓްއައުޓުގައި ފްރާންސް ވަނީ 5-4 އިން މޮޅުވެފައެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ ހުއްޓުވާލާފައެވެ. ނަމަވެސް ފްރާންސްގެ ތިއޯ ހަނާންޑޭޒް އާއި ޖޫލްސް ކޫންޑޭގެ ޕެނަލްޓީތައް ނާކާމިޔާބުވުމާ ގުޅިގެން އިތުރު ޕެނަލްޓީތަކެއް ޖަހަން ޖެހުނެވެ. ކްރޮއޭޝިއާގެ ޖޮސިޕް ސްޓެނިސިޗްގެ ހަތްވަނަ ޕެނަލްޓީ މައިގްނަން ހުއްޓުވާލުމާ އެކު، ފްރާންސްއަށް ކާމިޔާބީ ހޯދައިދިނީ ޑަޔޮޓް އުޕެމަކާނޯއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

TTH_advertisement