ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ޙޫޘީން ހަރަކާތްތައް ހުއްޓައިނުލައިފިނަމަ ޔަމަނުގެ ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއިން އަދިވެސް ހަމަލާދޭނެ: އެމެރިކާ

ޔަހޫދީންނާ ދެކޮޅަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލައިފިނަމަ، ޔަމަނުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓައިނުލާނެ ކަމަށް ބުނެ، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އިންޒާރު ދެއްވައިފިއެވެ. ޔަމަނުގެ ރައްޔިތުންނަށް ހަމަލާ ދޭން އެމެރިކާއިން ފަށާފައި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ.

ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް ހަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. ޒަޔަނިސްޓުންގެ އެންމެ ބޮޑު މަދަދުގާރަކީ ރައީސް ޓްރަމްޕެވެ. ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލައިފި ނަމަ ޔަމަނަށް ބޮން އެޅުން މެދުކަނޑައިނުލާނެ ކަމުގައި ހެގްސެތު ވިދާޅުވެފައި މި ވަނީ، އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އެ ޤައުމުގެ އުޅަނދުފަހަރަށް ހަމަލާ ދޭނެ ކަމަށް ބުނެ އެ ޖަމާޢަތުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

“އަޅުގަނޑުމެންގެ އުޅަނދުފަހަރަށް ހަމަލާ ދިނުން ހުއްޓައިލާނެ ކަން ޙޫޘީން އިޢުލާނު ކުރާ މިނެޓުގައި އަޅުގަނޑުމެންގެ ހަމަލާތައް ވެސް މެދުކަނޑައިލާނަން، ކަލޭމެންގެ [ހޫޘީންގެ] ޑްރޯންތަކަށް ހަމަލާ ދިނުން ވެސް ހުއްޓައިލާނަން. އަސްކަރީ ކެމްޕޭން ނިމުމަކަށް ގެންނާނަން، އެހެން ނޫން ނަމަ މި ކަން ކުރިއަށް ދާނެ،” ހެގްސެތު ވިދާޅުވިއެވެ.

“މީގެ [ޔަމަނުގެ ރައްޔިތުންނަށް ހަމަލާ ދިނުމުގެ] ބޭނުމަކީ އަޅުގަނޑުމެންގެ މުދަލަށް ހަމަލާ ދިނުން ހުއްޓުވުން… އެ މުހިންމު ކަނޑުގައި، އަދި ކަނޑުމަގުން ދަތުރު ކުރުމުގެ މިނިވަންކަން ހޯދައިދިނުން، އެއީ އެމެރިކާގެ މަސްލަހަތާ ގުޅިފައި އޮތް މުހިންމު ކަމެއް، އަދި އެ ކަމުގައި އީރާނުން ޙޫޠީންނަށް އެއްބާރުލުން ދެމުންދާތާ މާ ދިގު މުއްދަތެއް ހޭދަވެއްޖެ. އެ މީހުންނަށް [އީރާނަށް] އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ޖެހުން،” އީރާނަށް އިންޒާރު ދެއްވަމުން ހެގްސެތު ވިދާޅުވިއެވެ.

ޙޫޘީންގެ ކުށަކީ ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވުމެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ކަމުގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19 ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ހަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ހަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ދަނީ ރަތް ކަނޑުގެ ސަރަޙައްދުގައެވެ. އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. ގިނަ ހަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އާގުބޯޑުފަހަރަށް ވެސް ޙޫޘީންގެ ހަމަލާތައް އަމާޒުކޮށްފައިވެއެވެ.

ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އެމެރިކާއިން ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53 އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. މިއީ، “ހަނގުރާމައިގެ ކުށެއް”ގެ ގޮތުގައި ސިފަކޮށް، އެމެރިކާއަށް ރައްދު ހަމަލާ ދިނުމަށް ޙޫޘީން ވަނީ ނިންމާފައެވެ. މިއީ، ޖަނަވަރީ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement