ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ޗައިނާ ސަރުކާރުން ދޭ މާސްޓަރސް ޑިގްރީ ސްކޮލަޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ހިންގުމަށް ހަމަޖެހިފައިވާ ‘ޔޫތު އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް’ ސްކީމްގެ ދަށުން ޗައިނާގައި ހިންގާ މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމާއި އެކު، ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

އެ ވުޒާރާއިން ބުނީ މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މާރިޗު 30 ވަނަ ދުވަހުގެ ކުރިން ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން، އޭގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޔޫތު އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ އެކި ސަރަހައްދުތަކުން 200 ދަރިވަރުންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާސްޓަރސް ލެވެލްގެ އެ ޕްރޮގްރާމް ކުރިއަށްދާނީ އެއް އަހަރުގެ މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ 2 އަހަރު 471 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވޭ

Minister Ismail Shafeeu

2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި

ވަރަ އެކްސްޕޯ ނިންމާލައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

TTH_advertisement