ކުއްލި ޚަބަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވައިފި

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Reethifoto
REETHIFOTO
ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ދެމުން އަންނަ “ރެހެންދި އެވޯޑް”އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ދޭ އެވޯޑެކެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ރެހެންދި އެވޯޑުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމުގެ އިތުރުން އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރަފުވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ.

މި އަހަރުގެ މި އެވޯޑު ވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޭއިރު، މި ދެ ކެޓަގަރީން އެވޯޑު ދޭނީ ހަތަރު ދާއިރާއަކުންނެވެ.

އެވޯޑު ދޭ ދާއިރާތައް:

  • – ލީޑާރޝިޕް އަދި ގަވަނެންސް
  • – އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން
  • – އިޖްތިމާޢީ ގޮތުން ބާރުވެރިކުރުވުން
  • – އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތަކުން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl chairman noorain

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް: ނޫރްއައިން

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑަށް ނަން ދެއްވައިފި

raees muiz

ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: ރައީސް

Igmh

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ELL Mobile Advertisement TTH_advertisement