ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ވިއްސާރަ މޫސުމާ ގުޅިގެން ކުނި މެނޭޖްކުރުމަށް ވެމްކޯއިން އާންމުންނަށް އިލްތިމާސްކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ މިހާރު ކުރިމަތިވެފައިވާ ވިއްސާރަ މޫސުމާ ގުޅިގެން ކުނި މެނޭޖްކުރުމުގައި އާންމުންގެ އެއްބާރުލުން ހޯދުމަށް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، އެއްވެސް ގެއަކުން މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މޫސުން ގޯސްވެފައިވާ ނަމަވެސް، އެ ކުންފުނިން ވަނީ މެދުކެނޑުމެއްނެތި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، މޫސުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، އެކަން ވެމްކޯގެ ސަމާލުކަމަށް ގެނައުމަށް އެދިފައިވެއެވެ. މިފަދަ ހާލަތެއްގައި ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުމަށް އާންމުންނަށް އިރުޝާދު ދެއްވާފައިވެއެވެ.

މީގެއިތުރުން، ރަމަޟާން މަހާ ގުޅިގެން ކުނި ނެގުމުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަން ވެމްކޯއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން:

– މާލޭގައި: ރޭގަނޑު 20:30 އިން ދަންވަރު 02:30 އަށް
– ހުޅުމާލޭގައި: ރޭގަނޑު 21:00 އިން ދަންވަރު 01:00 އަށް
– ވިލިމާލޭގައި: ރޭގަނޑު 21:30 އިން ދަންވަރު 01:30 އަށް

ކުނި ނެގުމުގެ ޚިދުމަތް ދެމުން ގެންދާނެއެވެ.

ވެމްކޯއިން ވަނީ ކުނި ނެރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އާންމުންނަށް ހަނދާންކޮށްދީފައެވެ. ޚާއްޞަކޮށް ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެފަދަ ތަކެތި ރަނގަޅަށް ބަންދުކޮށް، ވަކިން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ. މިއީ ކުނި ނަގާ މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

wamco

ވެމްކޯގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިފި

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

TTH_advertisement