ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

STO_Ads
TTH_Ads
Advertisement

ފަސް ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިމާރާތްތައް ތަރައްގީކޮށް ބިނާކުރުމުގެ މަސައްކަތް ދައުލަތުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި ފަސް ރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އާއެވެ.

އޭގެ ތެރެއިން ވެމްކޯއާ ހަވާލުކުރީ ތ.ގުރައިދޫއާއި، ތ.މަޑިފުއްޓާއި، އެ އަތޮޅު ގާދިއްފުށީ ސިއްހީ މަރުކަޒުގެ މަސައްކަތެވެ. ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށެވެ . އެ މަޝްރޫއު ނިންމަންޖެހޭނީ 325 ދުވަހުންނެވެ.

HajjCop_ads
Advertisement

ގާދިއްފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަޑިފުށީ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތް އެޅުމަށް ވެމްކޯއާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ.ކުނބުރުދޫއާއި ފ.ފީއަލީ ސިއްހީ މަރުކަޒަށް އަލަަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ކުރުމެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ކުނބުރުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ. ފީއަލީ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 21.6 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ.

ސަރުކާރުން އަންނަނީ ރަށްރަށުގައި ގާއިމުކުރަންޖެހޭ އުމްރާާނީ ވަސީލަތްތައް ގާއިމުކުރުމަށް ބިނާކުރަންޖެހޭ ބިނާރުތަކުގެ މަސައްކަތް ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެ މަސައްކަތްތައް ރަށްރަށުގައި ފެށިގެން ކުރިއަށްދާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ރަށްފުށުގައި އެއް އަހަރު ތެރޭ އެންމެ ގިނަ މަޝްރޫއު ފެށިގެންދާ އަހަރަށްވާނެ ކަމުގައި ބެލެވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި