ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ނިމިދިޔަ އަހަރަކީ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއް: ވަޒީރު ރާފިޢު

392605 4 057a462d19b90f498967920ba65b7ac4a25f347b Medium

ފާއިތުވި 2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ކުޅިވަރުގައި އިންގިލާބީ ކާމިޔާބީތަކެއް ލިބުނު އަހަރެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ހ. މީރުމާގައި ބޭއްވުނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ބައިނަލް އަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން މީގެ ކުރިން ހޯދި ކާމިޔާބީތަކަށް އައު އުއްމީދަކާއި ހިތްވަރެއް ލިބުނީ 2024ގެ އޮލިމްޕިކްސްއިން ކަމަށެވެ. މިގޮތުން، 2024ގެ ޕެރިސް އޮލިމްޕިކްސްއަށް ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ ކޮލިފައިވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް ލިބުނު ބޮޑު ކާމިޔާބީއަކާއި ޝަރަފެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުގެ އޮލިމްޕިކްސްގައި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ފެތުން އަދި ބެޑްމިންޓަން އެތުލީޓުން ވާދަކުރުމަކީވެސް ދިވެހި ކުޅިވަރު ކުރިއަރައިގެންދިޔަ މިންވަރު ދައްކުވައިދޭ އަލިގަދަ މިސާލެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އެމް.އޯ.ސީއިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ، ކުޅިވަރުގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށް އެމް.އޯ.ސީއިން ހިންގާ ހަރަކާތްތަކުގެ ސަބަބުން ކުޅިވަރަށް މީހުން ހޭލުންތެރިވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މީހުންނަށް ހިތްވަރު ލިބިގެންދާ ކަމަށް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މިދިޔަ އަހަރު ރާއްޖޭގައި ފާހަގަކުރި އޮލިމްޕިކް ދުވަހުގެ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތަކެއްކަމަށް ވިދާޅުވިއެވެ.

އަދި ފާއިތުވި އަހަރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ދުނިޔޭގެ ބޮޑެތި ފެޑެރޭޝަންތަކުން ދިވެހިރާއްޖެ ބަލައިގެންފިކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، މިއީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ފަހިވަމުން އަންނަ ކަމުގެ އުއްމީދީ މަންޒަރެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

TTH_advertisement