ކުއްލި ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

476426455 1308849607018832 5827439178622262374 N 1 1536x864

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަށް ރުހުން ދެއްވައި، ސްވިސް ކޮންފެޑެރޭޝަން، ބޫޓާން އަދި ކުވެއިތަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސަފީރުކަމަށް ހުށަހެޅުއްވި ނަންފުޅުތަކަކީ:

1. ބޫޓާނަށް: ސ. ހުޅުދޫ / އަސަރީގެ، ޝިއުނީން ރަޝީދު (މިހާރު ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު)
2. ކުވެއިތަށް: މ. ވެސްޓްސައިޑް، އަޙްމަދު ސަރީރު (މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު)
3. ސްވިސް ކޮންފެޑެރޭޝަނަށް: މ. ވިލާދޮށުގެ، ޑރ. ސަލްމާ ރަޝީދު (މިހާރު ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު)

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން:

– ބޫޓާނަށް ޝިއުނީން ރަޝީދު ޢައްޔަންކުރެއްވުމަށް 72 މެންބަރުން
– ކުވެއިތަށް އަޙްމަދު ސަރީރު ޢައްޔަންކުރެއްވުމަށް 73 މެންބަރުން
– ސްވިސް ކޮންފެޑެރޭޝަނަށް ޑރ. ސަލްމާ ރަޝީދު ޢައްޔަންކުރެއްވުމަށް 74 މެންބަރުން

ތާއީދުކުރައްވައި ވޯޓު ދެއްވިއެވެ. މިއާއެކު، މި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި މި ތިން ބޭފުޅުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

majilis

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް މަޚްލޫފު ޢައްޔަންކުރައްވައިފި

majilis

ލޭބާ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

TTH_advertisement