ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

1. Dhivehi News Website 1 212
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ލޮކް ސަބާ) އާއި މަތިގެ (ރާޖްޔަ ސަބާ) ގެ ވެރިންގެ ދަޢުވަތަކަށް މި މަހުގެ 10 އިން 14 އަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވައި، ލޮކް ސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ގވެރިކަމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްއާއެކު ރައްޔިތުންގެ މަޖިލީހުގެ 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ އިމާރާތަކީ ޕާކިސްތާނާއި ރާއްޖޭގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް: ޢަބްދުއްރަޙީމް

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

majilis

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދީނީ ސިޔާސަތުތައް ތަންފީޒްކުރުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ: ޢަބްދުއްރަޙީމް

TTH_advertisement