ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސަޢޫދީ ޢަރަބިއްޔާ އަދި ދިވެހިރާއްޖެއާ ދެމެދު ވެވުނު ވިޔަފާރީގެ ފަހުމުނާމާ އަށް ސަޢޫދީ ކެބިނެޓުން ރުހުން ދީފި

Big 4zpazsdpwov8vtq8z4xrscupu

ސަޢޫދީ ޢަރަބިއްޔާ އަދި ދިވެހިރާއްޖެއާ ދެމެދު ވެވުނު ވިޔަފާރީގެ ފަހުމުނާމާއަށް ސަޢޫދީ ކެބިނެޓުން ހުއްދަ ދީފި

ސަޢޫދީ ޢަރަބިއްޔާ އަދި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލެވުނު ފަހުމުނާމާއަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރުންގެ މަޖިލީހުން ރުހުން ދީފިއެވެ. މި މުހިންމު ތަރައްޤީގެ މަޢުލޫމާތު ހާމަކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ސޯޝަލް މީޑިއާގައި ޝާއިޢުކުރި ޕޯސްޓެއްގައެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެ، އެކުވެރިކަން ފުޅާވެގެންދާނެއެވެ. މި ފަހުމުނާމާގައި ސޮއިކުރެވިފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގައި ވިޔަފާރިއަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ފަހުމުނާމާއަކީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

ރާއްޖެއަށް ހައްޖު ކޯޓާ އިތުރު ކުރެވޭތޯ އެބަ މަސައްކަތް ކުރަން: ސަފީރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

TTH_advertisement