ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ފެނަކަ ކޯޕަރޭޝަންގެ ދަށުގައި މިހާރު ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކުރަނީ

1724236960 967623808

ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯއާ ހަވާލުކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ދަށުގައި މިހާރު 14 އައިސްޕްލާންޓް ހުރިކަމަށާއި، މި ހުރިހާ އައިސްޕްލާންޓެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިފްކޯއާ ހަވާލުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު މިހެން ވިދާޅުވިއެވެ. އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން އެ ތަންތަނުގެ އޮޕަރޭޝަން ހުއްޓި، މަސްވެރިންނަށް އައިސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަސްވެރިން އައިސްޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ސަރުކާރުން ވަނީ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މި ސްކީމްގެ ދަށުން 50 ފޫޓަށްވުރެ ބޮޑެތި ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމު (އާރު.އެސް.ޑަބްލިއު) ގާއިމުކުރުމަށް ފުރުސަތު ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ނިމުމުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އަންނާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement