ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

މަހުގެ އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް 8.3 މިލިޔަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިއްޖެ

Big Kmrymw5nax38uii

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ އިތުރުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑު ބެންކުން 8.3 މިލިޔަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަހުގެ ބާވަތްތައް އުފައްދާ ކުންފުނިތައް ތިބީ ބަނގުރޫޓުވެފައި ކަމަށާއި، އެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަދި މަހުގެ އާ ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑު ބެންކުން ރާއްޖެއަށް މި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

“މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރުވަނިވި ޕްރޮޑަކްޓުތައް ނެރުމަށް ވޯލްޑު ބެންކުގެ އެހީތެރިކަމާއެކީ މިހާރު 8.3 މިލިޔަން ޑޮލަރު ވާނީ ހަމަޖެހިފައި,” ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން 1.8 މިލިޔަން ޑޮލަރު ނުވަތަ 27.7 މިލިޔަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ވުޒާރާގެ ރިވޯލްވިންގ ފަންޑުން 18 މިލިޔަން ރުފިޔާގެ ލޯނު މަސްކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާ އެކީ މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ފެށުމެއް، އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑު ޔަޤީންކޮށްދޭން ބޭނުންވަނީ ރަށްފުށުގައި، މަސައްކަތްކުރާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިން ޚާއްޞަކޮށް މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް އަޅުގަނޑުމެންގެ ސަރުކާރުގައި ބާކީ ނުކުރާނެކަން – ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭންގެ ދަށުން ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފެސިލިޓީއަކީ މިހާތަނަށް މަސްވެރިކަމުގެ ވުޒާރާއިންވެސް އަދި ސަރުކާރުންވެސް ފަރުމަސްވެރިކަމަށް ހުޅުވާލި އެންމެ ފަހި އަދި އެންމެ ލުއި ފެސިލިޓީ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން 10 އަހަރު ދުވަހުން ދައްކާގޮތަށް ހަތް ލައްކަ ރުފިޔާ ހަމަޔަށް އެއްވެސް ރަހުނެއް ނެތި ފަސް ޕަސެންޓު އިންޓަރެސްޓު ރޭޓެއްގައި ލޯނު ދޫކުރެވޭ. މި ޕްރޮގްރާމުގެ ދަށުން 30 މިލިޔަން ރުފިޔާ ކަނޑައަޅާ 62 ފަރާތަކަށް މި ލޯނު ދޫކުރަމުންދޭ – ވަޒީރު ވިދާޅުވިއެވެ.

މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، މަހުގެ އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މީގެ އިތުރުން، މި އެހީގެ ސަބަބުން ރަށްފުށުގެ އިޤްތިޞާދަށާއި މަސްވެރިންގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި އިޢުލާނާ ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ފުރުޞަތު ބޭނުންކޮށް، އައު އުފެއްދުންތައް ތަޢާރަފުކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރެވެއެވެ. ސަރުކާރުން މި ފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

MTCC Advertisement TTH Advertisement