ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ޓޫރިޒަމް ސިނާއަތަކީ ދިވެހިން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ ސިނާއަތަކަށް ހަދާނަން: ވަޒީރު ޠާރިޤް

392973 3 642860d1295f3a9cece7a4c06b80b0ac12cb94b7 Medium

ޓޫރިޒަމް ސިނާއަތަކީ ދިވެހިން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ ސިނާއަތަކަށް ހައްދަވާނެ ކަމަށް އައު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އައު މިނިސްޓްރީގެ ވަޒީރުކަމަށް ޠާރިޤު އިބްރާހީމް ޢައްޔަނު ކުރައްވާފައެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޠާރިޤް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރަމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ އަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ އަދި ޓޫރިޒަމް ސެކްޓަރ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަަތް ކުރާނަން،- ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

މި އައު އައްޔަންކުރެއްވުން އަންނަނީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކަނޑައެޅި އަމާޒަށް ވާސިލްވުމަށްފަހުގައެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަޤާމުން ވަކިކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަޒީރު ޠާރިޤްގެ މި ބަސްފުޅުތަކުން ދޭހަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް، އެ ދާއިރާއިން ލިބޭ މަންފާ އިތުރު ކުރުމަށް އަމާޒު ހިފާފައިވާކަމެވެ. އަދި ތިމާވެށީގެ ދާއިރާއާ ގުޅުވައިގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ އުއްމީދު ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

TTH_advertisement