ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް ބުނެ އިޝްތިހާރުކުރަމުންދިޔަ ބިދޭސީންތަކެއް ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮތޯރިޓީން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ހާމަކުރެއްވި ގޮތުގައި، ބިދޭސީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް ބުނެ އިޝްތިހާރުކުރާ މައްސަލައެއް މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

އިމިގްރޭޝަން އޮތޯރިޓީން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންނާ ގުޅިގެން ކުރިއަށްގެންދެވުނު އޮޕަރޭޝަނެއްގައި މި މައްސަލައާ ގުޅުންހުރި 3 ބިދޭސީއަކު ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

 

ހައްޔަރުކުރެވުނު ފަރާތްތަކަކީ އިންޑިއާއަށް ނިސްބަތްވާ 3 ފިރިހެނުންނެވެ. މީގެ ތެރޭގައި ހިމެނެނީ 39 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، އަދި 18 އަހަރުގެ މީހެކެވެ.

މި ފަރާތްތައް ޤައުމުން ބޭރުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް އިމިގްރޭޝަން އޮތޯރިޓީން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިދޭސީއަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ އިޖުތިމާޢީ މީޑިއާގެ ވަސީލަތްތަކުގައި އިޝްތިހާރުކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިފަދަ ގޮތަކަށް ދިވެހިރާއްޖޭގައި އެހެން ދީންތައް އިޝްތިހާރުކުރުމާއި، އެހެން ދީންތަކުގެ އަޅުކަންތައް ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްފައިވާ މައްސަލަތަކެއް މީގެ ކުރިންވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލާފައިވާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

immigration

މާސް ލީގަލައިޒޭޝަން ޕްރޮގްރާމް ޖަނަވަރީން ފެށިގެން 6 މަހަށް ހުޅުވާލާނެ

bideyseen

509 ބިދޭސީން ޑީޕޯޓްކޮށްފި

ހުޅުމާލޭގެ 4 ތަނެއް ބަލާފާސްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީއަކު ގެންގޮސްފި

TTH_advertisement