ކުއްލި ޚަބަރު

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް

މުނާގެ ދައުރު ހަމަވާތީ، އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ ރޫބެން އަމޮރިމްގެ ޓީމާއިމެދު ސުވާލުއުފެދިއްޖެ

Ap25019529838023

މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ ރޫބެން އަމޮރިމް ވަނީ އާދީއްތަ ދުވަހު ޕްރިމިއަރ ލީގުގައި އަނެއްކާވެސް ލިބުނު ލަދުވެތި ބަލިކަށިކަމަކަށްފަހު، އޭނާގެ ޓީމަކީ ކުލަބުގެ ތާރީޚުގައި “އެންމެ ދެރަ ޓީމް” ކަމުގައި ލަގަބު ދީފައެވެ.

ޔުނައިޓެޑް ވަނީ އޯލްޑް ޓްރެފޯޑްގައި ބްރައިޓަންއާ ކުޅުނު މެޗުން 3-1 އިން ބޮޑު ތަފާތަކުން ބަލިވެފައެވެ. މިއީ މި ނާކާމިޔާބު ސީޒަންގައި ލިބުނު 10 ވަނަ ބަލިވުމެވެ. މިހާރު މި ކުރީގެ މަޝްހޫރު ކުލަބު ވަނީ ލީގުގެ 13 ވަނަ ހިސާބުގައި ތިރިއަށް ވެއްޓިފައެވެ.

ނޮވެމްބަރު މަހު ކުރީގެ މެނޭޖަރ އެރިކް ޓެން ހާގްގެ ބަދަލުގައި އައި އަމޮރިމް، އާދީއްތަ ދުވަހުގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ޓީމު މިހާރު އޮތް ހިސާބާ މެދު ތެދުވެރި ނަޒަރަކުން ވާހަކަދައްކައިފިއެވެ.

“މެންޗެސްޓަރ ޔުނައިޓެޑްގެ ފޭނަކަށް މިއީ ކިހާ ހިތްދަތި ކަމެއްކަން ތިމީހުން ވިސްނައިލާ. މިއީ އަހަރެންނަށް ކިހާ އުނދަގޫ ކަމެއްކަން ތިއެއްމެންވެސް ވިސްނައިލާ،” އަމޮރިމް ނޫސްވެރިންނަށް ބުންޏެވެ.

އަހަރެމެން މި ގެންނަނީ ކުރީގެ މެނޭޖަރަށްވުރެ ގިނައިން ބަލިވާ އައު މެނޭޖަނޭޖަރެއް. އަހަރެން އެކަން ރަނގަޅަށް ދަންނަން. އަހަރެން ބަދަލުނުވާނަން، ކޮންމެ ގޮތެއް ވިޔަސް. އަހަރެންނަށް އެނގޭ އަހަރެމެންނަށް ކާމިޔާބު ވެވިދާނެކަން، އެކަމަކު މި ވަގުތު އަހަރެމެން ދެމިތިބެންޖެހޭނެ. އަހަރެންނަކީ ސާދާ މީހެއް ނޫން، އަދި އަހަރެންނަށް އެނގޭ މިހާރު އަހަރެމެން ދެމިތިބެންޖެހޭނެކަން.

އަދި އިތުރަށް އޭނާ ވާހަކަދައްކަމުންބުނީ:-

އަހަރެމެންނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުގައި، ފަހަރުގައި، އެންމެ ދެރަ ޓީމް. އަހަރެންނަށް އެނގޭ ތިބާމެން ބޭނުންވަނީ ހެޑްލައިންތަކެއްކަން، އެކަމަކު އަހަރެން މިހެން މި ބުނަނީ އަހަރެމެން އެކަން ޤަބޫލުކޮށް އެކަން ބަދަލުކުރަން ޖެހޭތީ. އެހެންވީމާ، ތިމީހުން ބޭނުންވާގޮތަކަށް ހިތްއެދޭގޮތަށް ހެޑްލައިންތައް ހަދަމުންގެންދޭ.

މިއީ މާ ބޮޑަށް ވާހަކަ ދެއްކުމެއް ކަމަށް ހީވެދާނެއެވެ. އެކަމަކު އަމޮރިމްގެ މި ހަރުކަށި ވަޒަންކުރުން އެހާ ދުރެއް ނޫނެވެ.

އޭނާ ކުލަބުގެ ޒިންމާ ހަވާލުވިފަހުން، ރެޑް ޑެވިލްސްއަށް ވަނީ ލިބެން އޮތް 33 ޕޮއިންޓުން އެންމެ 11 ޕޮއިންޓު ހޯދިފައެވެ. މި ނަތީޖާއިން ފެންނަން އޮތް ގޮތުގައި ނުވަތަ ދައްކާ ގޮތުގައި މިއީ ޕްރިމިއަރ ލީގުގައި އެމީހުންގެ އެންމެ ދެރަ ނަތީޖާ ކަމަށް ވާނެއެވެ. އެހެންކަމުން މިހާތަނަށް އެންމެ ދެރަ ނަތީޖާއަކީ ފާއިތުވި ސީޒަންގައި ހޯދީ 8 ވަނައެވެ.

އަދި މީގެ އިތުރުން، މިހާރު ޔުނައިޓެޑް އޮތީ ލީގުގެ އެންމެ މަތީގައި އޮތް ޓީމަށްވުރެ ރެލިގޭޝަން ޒޯނާ ގާތުގައެވެ – މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން އެންމެ މަތީ ޑިވިޜަނުން ދަށަށް ވެއްޓުނީ 1974 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި

66

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement