ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

އެޗްޑީސީގެ މަސައްކަތް ބައްޓަންކުރާނީ ރައްޔިތުންއެދޭ މިސްރާބަށް ކުންފުނި ގެންދިއުމަށް: ނާސިފް

404980 3 2e7294769301604b6ef306c4793bccdd2e83141a Medium

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަސައްކަތްތައް ހުރީ އާންމު ރައްޔިތުންނަށް ވީހާވެސް ގިނަ ފަސޭހަތަކެއް ލިބޭނެ މިސްރާބަށްކަމަށް އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ނާސިފް ވިދާޅުވެއްޖެއެވެ.

ނާސިފް މިހެން ވިދާޅުވީ އިއްޔެ ހުޅުމާލޭގައި ބިނާކުރަމުންދާ ލަގްޒަރީ އެޕާޓްމަންޓް އިމާރާތެއްކަމަށްވާ ކަނޑޫފާ ރެސިޑެންސް އިނޯގްރޭޓްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނާސިފް ވިދާޅުވީ،

އެޗްޑީސީގެ މަސައްކަތް މިހާރު ހުރިހާގޮތަކުންވެސް ބައްޓަންކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ގިނަ ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެ ގޮތަކަށް. ރައްޔިތުންނަށް ލަބާ އާއި މަންފާ ލިބޭނެ. އަދި ދެފުށް ފެންނަ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނީ އެގޮތަށް މަސައްކަތް މިކުރަނީ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާސިފް ވިދާޅުވީ، މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު އެކި މަރުހަލާތަކުގައި ކުރެވެމުންދާ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާގޮތަށް ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން މުހިންމުކަމަށެވެ. އަދި ކަނޑޫފާ އިންވެސްޓްމެންޓުން އާންމު ފަރާތްތަކަށް މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި މައުލޫމާތުތައް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ނާސިފް ވިދާޅުވީ މިފަދަ ހައުސިން ޕްރޮޖެކްޓްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދުކަމަށެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން އެޗްޑީސީންވެސް އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބި ފަހިވެގެންދާ ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި