ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ފުޓުބޯޅަ ދުނިޔޭގެ އެންމެ މަޝްހޫރު ތަރި މެސީއާއެކު އާޖެންޓީނާ ޓީމް އިންޑިއާއަށް ދަތުރުކުރަނީ

Lionel Messi Argentina National Team Finalissima Celebration

ފުޓުބޯޅަ ދުނިޔޭގެ އެންމެ މަޝްހޫރު ތަރި، ކެޕްޓަން ލިއޮނެލް މެސީއާއެކު އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު އިންޑިއާއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރުގެ ދުނިޔޭގެ ޗެމްޕިއަނުންނާއި، އެންމެ ފަހުގެ ދެ މުބާރާތުގައިވެސް ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާގެ ޓީމު އިންޑިއާގައި ހޭދަކުރާނީ ހަފުތާއެއްގެ މުއްދަތެއްކަން އިންޑިއާ ސަރުކާރުން ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

ކެރަލާގެ ކުޅިވަރު ވަޒީރު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، މެސީއާއެކު އާޖެންޓީނާގެ ޓީމު އިންޑިއާގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު 25 އިން ނޮވެންބަރު 2 އާ ދެމެދުގެ މުއްދަތުގައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، އަދި ބެލޮން ޑި’އޯރ އެވޯޑު ރެކޯޑު އަދަދަކަށް ހޯދާފައިވާ މެސީ މި ދެ މެޗުގައިވެސް ބައިވެރިވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އިތުރު ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މެޗުތައް ކުޅުމުގެ އިތުރުން، 25 މިނެޓުގެ ޚާއްޞަ އިވެންޓެއްގައި މެސީ އާންމު ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނާއެކު ދަތުރުގެ ތާވަލު އެކުލަވާލުމުގެ މަސައްކަތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ އާޖެންޓީނާގެ ގައުމީ ޓީމު އިންޑިއާއަށް ޒިޔާރަތްކުރާ ދެވަނަ ފަހަރެވެ. ކުރިން މެސީއާއެކު ޓީމު އިންޑިއާއަށް ޒިޔާރަތްކޮށްފައިވަނީ ވެނެޒުއެލާއާ ދެކޮޅަށް ކުޅުނު މެޗަކަށެވެ. އެ ފަހަރުވެސް މެސީ ބަލައިލުމަށް އެތައް ހާސް ސަޕޯޓަރުންނެއް މަގުމައްޗަށް ނުކުމެފައިވެއެވެ.

މި ފަހަރުގެ ދަތުރުގައިވެސް މެސީގެ އިތުރުން ގޯލްކީޕަރު އެމިލިއާނޯ މާޓިނެޒް، ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓަރ، އިންޓަރ މިލާނުގެ ފޯވަޑް ލައުޓާރޯ މާޓިނެޒް އަދި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނެޒް ފަދަ ބައިނަލްއަޤްވާމީ ތަރިން އިންޑިއާއަށް ޒިޔާރަތްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

TTH_advertisement