ކުއްލި ޚަބަރު

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

1520333944

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު އޭސީސީން ބަލަމުންދާ މައްސަަލައަކާއި ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝަރީފްގެ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައި ނުވެއެވެ. ނަމަވެސް އޭނާއާއި ގުޅޭ މައްސަލައެއް ބަލަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޔަޤީންކޮށްދެއްވާފައެވެ. ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލަ އެސީސީން ތަހުޤީޤު ކުރަމުންދާއިރު، ކުރީގެ ސަރުކާރުގެ ބައެއް ވެރިންގެ މައްސަލަތަކެއް އެކި އިދާރާތަކުން ދަނީ ތަހުޤީޤު ކުރަމުންނެވެ. މީގެ ތެރޭގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ހިމެނޭ މައްސަލަތައް ވެސް ދަނީ ބަލަމުންނެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުވެސް އަދާކޮށްފައިވާ ޝަރީފް ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ކަމަށް ހަމަޖައްސާފައިވަނީ  2022 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޝަރީފްވަނީ ރައީސްޔާމިންގެ ވެރިކަމުގައި ސިޔާސީ މަގާމުތަށްވެސް ފުރުއްވާފައެވެ.

ގުޅުންހުރި

Palestinian Israel Conflict West Bank

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

Original 1737593307214

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ