ކުއްލި ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ކުރީ ސަރުކާރުން އިއުލާން ކުރި 4000 ފްލެޓް ލިސްޓުގެ ފައިނަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި

381158 3 961bd153472d4473b4358243fb38ede2452d0ade Medium

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާން ކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށާއި، ކުރީ ސަރުކާރުން އިއުލާން ކުރި 4000 ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެއެވެ.

ފްލެޓް ލިސްޓުގެ ހުށަހެޅުންތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސް ތެރޭގައި ކުރަން މަސައްކަތް ކުރުމަށް ފަހު ބޮޑެތި މައްސަލަތައް ފާހަގަވެފައިވާތީ އެ ލިސްޓު އާންމު ކުރަން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އަދި އެލަސްވުން ލަސްވެފައިވަނީ އިތުރަށް ބަލަންޖެހޭވަރަށް ކަންތަށްތަކެއް ފާހަގަކުރެވިގެންކަމށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައިި ސަރުކާރުން މިހާރު ނިންމާފައި ވަނީ ކުރީ ސަރުކާރުން އިއުލާން ކުރި 4000 ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފެށުމަށެވެ. ލިސްޓްގެ ފައިނަލް ވެރިފިކޭޝަން މަސައްކަތް  ކުރާއިރު އޭރު ހެދިފައިވާ އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް އިތުރު ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

TTH_advertisement