ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

2024 ގައި ބޭރު ފައިސާއިން ލިބުނު އާމްދަނީ 12.5 އިންސައްތާގެ ކުރިއެރުމެއް

343466 3 C8fc9e9d217fa04d18e13a57663d2e34917f76de Medium

މީރާއަށް ޓެކުހާއި އެނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12.5 އިންސައްތަ އިތުރުވެފައިވާކަން އެ އިދާރާގެ ރަސްމީ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ނިމިގެންދިޔަ ޑިސެމްބަރު މަހުގެ މާލީ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ޖުމްލަ 1،058،483،941 (އެއްބިލިއަން ފަންސާސްއަށް މިލިއަން ހަތަރުލައްކަ އަށްޑިހަތިންހާސް ނުވަސަތޭކަ ސާޅީސްއެއް) ޑޮލަރު ލިބިފައިވެއެވެ.

މީރާގެ އާއްމުކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި 2023 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަަނީގެ ގޮތުގައި ލިބުނީ 949،741،273 (ނުވަސަތޭކަ ސާޅީސްނުވަ މިލިއަން ހަތްލައްކަ ސާޅީސްއެއްހާސް ދުއިސައްތަ ހަތްދިހަ ތިން) މިލިއަން ޑޮލަރެވެ.

ނިމުނު އަހަރު އެންމެ ބޮޑު އާމްދަނީއެއް ޑޮލަރުން ލިބުނީ ޓެކުހުގެ ގޮތުގަ އެވެ. އެގޮތުން ޓެކުހުގެ ގޮތުގައި މި އަހަަރު 819 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ކުރީ އަހަރު ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން ލިބުނީ 760 މިލިއަން ޑޮލަރެވެ.

އެހެންކަމުން ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7.7 އިންސައްތަ އިތުރުވެފައެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެ ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތްތަކުން ޓެކުސްތަކުން ލިބުނު އާމްދަނީއެވެ.

ހަމައެއާއިއެކު ޓީޖީއެސްޓީގެ ގޮތުގައި 2023 ވަނަ އަހަރު 824 މިލިއަން ޑޮލަރު ލިބުނުއިރު 2024 ގައި އެ އަދަދު ވަނީ 961.3 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 109.4 މިލިއަން ޑޮލަރު ލިބުނުއިރު އޭގެ ކުރީ އަހަރު ލިބުނީ 81.9 މިލިއަން ޑޮލަރެވެ.

މީރާއަށް ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީ ވެސް 2024 ގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު 32 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މީރާގެ ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު ޓެކްސް ނޫން ގޮތްގޮތުން  249.4 މިލިއަން ޑޮލަރު ލިބުނުއިރު 2023 ގައި ލިބުނީ 188.9 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ބޭރު ފައިސާއިން ގައުމަށް ލިބުނު އާމްދަނީގެ އިތުރަށް ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް 2023 ވަނަ އަހަރަށްވުރެ ނިމުނު އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 27.8 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ އަހަރު ލިބުނު 24.8 ބިލިއަނަށްވުރެ މިއީ 12.2 އިންސައްތަ އިތުރު ކުރިއެރުމެކެއެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

ELL Mobile Advertisement TTH_advertisement