ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އަށް މިހަރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ އިން ރަންދޫލާގެ ވަރަށްހޫނު މަރުހަބާއެއް ކިޔައިފިއެވެ. އަދި އެމަނިކުފާނަށް މަރުހަބާދެންނެވުމަށް ރަށުގެ ގިނަބަޔަކު ބަދަރު ސަރަހައްދަށް ޖަމާވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާވެސް ކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ގއ. ކަނޑުހުޅޫދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދުކުރެއްވުމުގައި ބަނދަރުގެ ދަތިކަމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމިވާ މައްސަލައިގެ އިތުރުން ފުޓުބޯޅަދަނޑު މަރާމާތުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ރަށުގެ ޞިއްޙީ މަރުކަޒުގެ ރޭމްޕްގެ މައްސަލައާއި ރަށުގެ ކަރަންޓުގެ މައްސަލަ ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކަނޑުހުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެމުއައްސަސާއި ޙިއްޞާކުރައްވާފައެވެ.
އަދީމީގެ އިތުރުން ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ހުށަހަޅުއްވާފައި މައްސަލަތަކަށް އަވަސް ހައްލެއްގެނައުމަށް މަސައްކަތް ކުރްވާނެކަމުގެ ޔަގީން ދެއްވާފައިވެއެވެ. ކަނޑުހުޅުދޫ ގައި އޭޓީއެމް ގެ ހިދުމަތް ފެއްޓެވުމަށް ޓަކައި އަމަލީ މަސައްކަތް ބޭންކޮ އޮފް މޯލްޑިވިސް އަދި ކައުންސިލްގެ ފަރާތުން އެއްބަސްވުން މިއަދު މިހަފުލާގައި ސޮއިކުރެވުނެއެވެ.